February 24, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޓްރަމްޕް ވަގަށް ނަގައިގެން ގެންދިޔަ މަދޫރޯ އަކީ އަދިވެސް ރައީސް ކަމަށް ވެނެޒުއޭލާ އިން ބުނެފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 4, 2026, 01:17 AM
މާލެ ސިޓީ

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯއަކީ އެ ގައުމުގެ ގާނޫނީ ރައީސް ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އޭނާ "ވަގަށް ނަގައިގެން" ގެންދިޔަ ކަމަށް ބުނި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވެނެޒުއޭލާ ސަރުކާރުން ބުނެފިއެވެ.

Advertisement

ވެނެޒުއޭލާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އެކި ފަހަރުމަތިން ވެނެޒުއޭލާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ، ގައުމުގެ މިނިވަންކަމަށް އަރައިގަންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ވަކިން ޚާއްޞަކޮށް، ޑޮނަލްޑް ޓްރަމްޕްގެ ރިޔާސަތުގައި ވެނެޒުއޭލާއަށް ދެމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، މަދޫރޯގެ ސަރުކާރު ވައްޓާލަން ހިންގާ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއްގެ ގޮތުގައި އެ ގައުމުން ވަނީ ސިފަކޮށްފައެވެ.

މި މައްސަލައިގައި ވެނެޒުއޭލާގެ އޮފިޝަލުން ވިދާޅުވީ، އެމެރިކާއިން މަސައްކަތް ކުރަނީ ވެނެޒުއޭލާގެ މުއްސަނދިކަމާއި ތެލުގެ ވަސީލަތްތަކަށް އަތްގަދަ ކުރުމަށް ކަމަށެވެ. އަދި އެމެރިކާއިން ދޭ ހަމަލާތަކާއި ކުރިމަތިކުރާ ޕްރެޝަރުތަކާއެކުވެސް، ރައީސް މަދޫރޯއަށް އޮތް ރައްޔިތުންގެ ތާއީދު ކުޑަނުވާނެ ކަމަށް އެ ސަރުކާރުން ބުނެއެވެ.

ވެނެޒުއޭލާއިން މިހާރުވެސް ތުހުމަތު ކުރާ ގޮތުގައި، އެމެރިކާއިން ދަނީ އެ ގައުމުގެ އިގްތިސާދަށް ހަމަލާދީ ރައްޔިތުން ބަނޑަށް ޖެއްސުމަށް ރޭވުންތައް ރާވަމުންނެވެ. ނަމަވެސް، ގައުމުގެ ސިޔާދަތީ މިނިވަންކަން ދިފާއުކުރުމުގައި ދެގޮތެއް ނުވެ ދެމިތިބޭނެ ކަމުގެ ޔަގީންކަން މަދޫރޯގެ ސަރުކާރުން ވަނީ ދީފައެވެ.

ވެނެޒުއޭލާއަށް އެމެރިކާއިން ފުލުފުލުގައި ދިން ވައިގެ ހަމަލާތަކުގައި އެ ގައުމުގެ މިލިޓަރީ ސައިޓްތަކާއި އެކި ހިސާބުތަކަށް ވަނީ ގެއްލުން ދީފައެވެ. ވެނެޒުއޭލާއިން ވަނީ އެ ގައުމަށް ދޭން ފެށި ހަމަލާތަކާއެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved