theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
މުއިއްޒު ތަންތަނަށް އައްޔަންކުރަނީ ވައްކަން ކޮށްދޭނެ މީހުން: ރައީސް ޔާމީން / ސޯޝަލް މީޑިއާ
ސިޔާސީ
މުއިއްޒު ތަންތަނަށް އައްޔަންކުރަނީ ވައްކަން ކޮށްދޭނެ މީހުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
03 ޖެނުއަރީ 2026
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު ދައުލަތުގެ އެކި ތަންތަނަށް އައްޔަންކުރަނީ ވައްކަން ކޮށްދޭނެ މީހުން ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަ ދައްކަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒަކީ ވައްކަން ކުރމުގެ ޝައުގު ނުހަނު ބޮޑު ބޭފުޅެއް ކަމަށެވެ.

އެހެންކަމުން ވައްކަމާ ކޮރަޕްޝަނާ ފަސާދައަށް ހިތްވަރުދޭ އެކަންކަމުގައި އިލްމާ ހިލްމު ހުރި މީހުން އެކި ތަންތަނަށް އައްޔަންކޮށް ވަޒީފާތައް ބަހަމުން ދަނީ ވައްކަން ކުރަން ލާމަސީލު މީހުންނަށް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ނުރުހުން އަމާޒުކުރައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ގެންދަވަނީ، ހާމަކަން ބޮޑުކޮށް ދައުލަތުން ވައްކަންކޮށް ކޮރަޕްޝަނަށް މަގު ފަހިކޮށް ދުނިޔޭގެ ލައްޒަތް ހޯދުމަށް މިންނެތް މަސައްކަތްކުރަމުން ކަމަށެވެ.

ރައީސް ޔާމީން ވަނި ވެރިޔަކަށް ހުރި މީހާ ދީނާ ޚިލާފު ކަންކަންކޮށް ދޮގުތައް ހަދަމުންދާއިރު އެކަމުގައި ޖަވާބުދާރީ އިލްމުވެރިން އެމަނިކުފާނު ނުކުރައްވާތީ ވެސް ނުރުހުން އަމާޒުކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ ދީނާ ޚިލާފުކަންކަން ކޯށް ވެރިމީހާ ދޮގު މައްޗަށް ދޮގު ހަދަމުންދާއިރު ބަސްނުބުނެ ތިބުމަށް ފަހު ދީނުގެ އެހެން ކަންކަމާ ގުޅުވާ ފަތުވާ އިލްމުބެރިން ނެރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved