ފަލަސްތީނުގެ ޣައްޒާގައި ހާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް އެހީވުމުގެ ގޮތުން އެމެރިކާ އިން ފޯރުކޮށްދޭ އެހީގެ ބޮޑު ޝިޕްމެންޓެއް ވަރަށް ބޮޑަށް ލަސްވަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލަކު ހާމަކޮށްފިއެވެ.
ޓައިމްސް އޮފް އިސްރާއީލަށް މައުލޫމާތު ދިން އެ އޮފިޝަލު ބުނެފައިވަނީ ޝިޕްމެންޓް ޣައްޒާ އަށް ފޮނުވަން އެމެރިކާގެ ސަރުކާރުން ވަނީ މީގެ 46 ދުވަސް ކުރިން ހުއްދަ ދީފައި ކަމަށެވެ. ނަމަވެސް އަދިވެސް އެހީ ފޯރުކޮށްދިނުމުގައި ލަސްތަކެއް ވަމުން އަންނަ ކަމަށް ވަނީ ވިދާލުވެފައެވެ. މި އެހީގެ ބޮޑު ޝިޕްމެންޓް ޣައްޒާ އަށް ވެއްދުމާއި ބެހޭ ގޮތުން އިސްރާއީލާއި އެކީ މަޝްވަރާކޮށް އެހީ ވައްދާނެ އިންތިޒާމްތަކާއި މެދު ދެ ގައުމުގެ ދެމެދުގައި ވަނީ އެއްބަސްވެފައި ކަމަށްވެސް އެ އޮފިޝަލް ވަނީ ބުނެފައެވެ.
މި އެހީގެ ޝިޕްމެންޓް ލަސްވާ ސީދާ ސަބަބެއް އެ އޮފިޝަލު ހާމަކޮށްފައެއް ނުވެއެވެ. އޭނާ ބުނެފައިވަނީ ވީހާ ވެސް އަވަހަށް އެހީ ފޯރުކޮށްެދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންނަމަވެސް ބޭރުގެ ސިޔާސީ ކަންކަން ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވަނީ މި އެހީގެ ޝިޕްމެންޓް ލަސްވަނީ ދަތުރުފަތުރު ކުރަން މިހާރު އެމެރިކާ އަށް ރަތް ކަނޑު ބޭނުން ނުކުރެވޭތީ އެ ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށެވެ.
ޣައްޒާގައި ކާބޯތަކެތި ނުލިބުމުގެ ސަބަބުން މިހާރު ވަނީ ބަނޑުހައިހޫނުކަން ފެތުރިފައެވެ.