February 25, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ކަރު ބެދޭ ގޮތަށް ޓައީ އެޅުމާ ހެދުމުގެ މަތިން ކޯޓުލުމަކީ ދަރިވަރުންނަށް ދެވޭ އަނިޔާއެއް

Yana Shareef
ޔާނާ ޝަރީފް
Jan 5, 2026, 04:46 AM

ރާއްޖޭގައި ދަރިވަރުންގެ ޔުނިފޯމު ހުންނަންވާނީ ގައުމުގެ މާހައުލާ ގުޅޭ ގޮތަށް ކަމަށާއި އެ ކުދިންގެ ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ކޯޓުލުމަކީ އެ ކުދިންނަށް ދެވޭ އަނިޔާއެއް ކަމަށް ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

Advertisement

ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ބަދަލު ގެންނަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، ހަސަން އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރު ތައުލީމަށް އައިސްފައިވާ އެންމެ ބޮޑު ކުރިއެރުމެއް އައީ ސްކޫލުތަކުގެ ޔުނިފޯމަށެވެ.

ހަސަން ވިދާޅުވީ ރާއްޖެއަކީ ހޫނު އަދި ޖައްވުގެ ތެތްކަން ބޮޑު ގައުމެއް ކަމަށާއި ރާއްޖޭގައި ދިރިއުޅޭ ދަރިވަރުންގެ ޔުނިފޯމު މި މާހައުލާ ގުޅެންޖެހޭނެ ކަމަށެެވެ.

ހަސަން ވިދާޅުވި ގޮތުގައި ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ސަދުރިޔާ (ވެސްޓް) އާއި ކޯޓުލުމަކީ ބޭރު ގައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތެކެވެ. މިރި ނުވެ ގަބުޅިއަށް ވާގޮތަށް، ނުވަތަ ޔަގީނުން ވެސް މާޔޫސްވާނޭ އުއްމީދުތަކެއް އުދަވާގޮތަށް، ކުޑަކުދީންނާ މެދު އަމަލުކުރުމަކީ އެ ކުދީންނަށް ދެވޭ އަނިޔާއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ހަމީދު ވިދާޅުވީ ޔުނިފޯމަކީ ދަރިވަރުންގެ މެދުގައި ތަފާތުކުރުން ނައްތާލައި ހަމަހަމަ ބައެއްގެ ގޮތުގައި ރަމްޒުކުރުމަށް ލާ އެއްޗެއްކަމަށެވެ. އެހެން ކަމުން އެ ހަމަހަމަކަން ނުގެއްލޭ ގޮތަށް ކަންކަން ކުރުމަށް އޭނާ ވަނީ އެދިފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved