March 22, 2026
Advertisement
.
. / ޕީއެސްއެމް

4 އަހަަރަށް ފަހު ދިރާސީ އަހަރުގެ ކިޔެވުން ފެށުން ޖެނުއަރީގައި ފަށައިފި

Yana Shareef
ޔާނާ ޝަރީފް
Jan 27, 2026, 02:18 PM

ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން ފަސްވެފައި އޮތް އޮތުމަށް ބަދަލު ގެނެސް ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

Advertisement

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ސްކޫލް ކިޔެވުން ފަސްކޮށްފައި ވަނީ 2022 ވަނަ އަހަރުއެވެ. ވޭތުވެ ދިޔަ ހަތަރު އަހަރަށް ފަހު ޖެނުއަރީ މަހުގައި ސްކޫލް ކުދިންގެ ކިޔެވުން ފެށި މިއީ ފުރަތަމަ އަހަރެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މިއަދު ސްކޫލްތަކުގެ ކިޔެވުން ފަށާފައި ވާއިރު، ސަރުކާރުގެ 218 ސްކޫލްގައި 77،000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދާނެއެވެ. އަދި ދަރިވަރުންނަށް އުނގަންނައި ދިނުމަށް ޖުމްލަ 10500 މުދައްރިސުން ހަރަކާތްތެރިވާ އިރު 8000 ދިވެހި މުދައްރިސުންނާއި 2500 ބިދޭސީ މުދައްރިސުން ތިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޖުމްލަ 77000 އަށް ވުރެ ގިނަ ދަރިވަރުން ސަރުކާރު ސްކޫލްތަކުގައި މި އަހަރު ތައުލީމް ހާސިލް ކުރަން ފަށާއިރު ސަރުކާރު ސްކޫލްތަކުގެ ގްރޭޑް 1 ގައި ޖުމްލަ 4790 ދަރިވަރުން ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެއެވެ. މީގެ ތެރެއިން މާލެ ސަރަހއްދުގައި 1748 ދަރިވަރުން އަދި އަތޮޅު ތެރޭގައި 3042 ދަރިވަރުން ތައުލީމް ހާސިލް ކުރާނެއެވެ.

އެގޮތުން އަތޮޅު ތެރެއިން މާލޭ ސަރަހއްދުގެ ސްކޫލްތަކަށް ޖުމްލަ 1530 ދަރިވަރުން މި އަހަރު ގްރޭޑް 1 އަށް ވަނުމަށް ބަދަލުވެފައި ވެއެވެ. އޭގެތެރޭގައި ހިމެނެނީ އަތޮޅުތަކުން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވާ 753 ދަރިވަރުންނާއި އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވާ 694 ދަރިވަރުންނާއި އަތޮޅުތަކުން ވިލިމާލެއަށް ބަދަލުވާ 83 ދަރިވަރުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved