theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
. / ނިއުސް ފަރސްޓް
ދުނިޔެ
އެމެރިކާގެ ތެޔޮ ކުންފުނިތައް 18 މަސް ދުވަހުގެ ތެރޭގައި ވެނެޒުއެލާގައި ވިޔަފާރިކުރާނެކަމަށް ޓްރަމްޕު ބުނެފި
Yana Shareef
ޔާނާ ޝަރީފް
07 ޖެނުއަރީ 2026

އެމެރިކާގެ ތެޔޮ ކުންފުނިތައް 18 މަސް ދުވަހުގެ ތެރޭގައި ވެނެޒުއެލާގައި ވިޔަފާރިކުރާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ބުނެފިއެވެ.

އެންބީސީ ނިއުސްއަށް ޓްރަމްޕް ބުނީ ބޮޑު އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހޭނެ ކަމަށާއި، އަދި ތެޔޮ ކުންފުނިތަކުން އެ ފައިސާ ހޭދަކުރާނެ ކަމަށެވެ. އާމްދަނީ މެދުވެރިކޮށް ފައިސާ އަނބުރާ ލިބޭނެ ކަމަށެވެ.

އެމެރިކާގެ ބޮޑެތި ޕެޓްރޯލިއަމް ކުންފުނިތަކުގެ މަންދޫބުން މި ހަފްތާގެ ފަހުކޮޅު ޓްރަމްޕްގެ ސަރުކާރާ ބައްދަލު ކުރަން ރާވާފައިވާ ކަމަށް ސީބީއެސް ނިއުސް އިން ވަނީ ބުނެފައެވެ.

މީގެ ކުރިން ތަހުލީލު ކުރާ ފަރާތްތަކުން ވަނީ ވެނެޒުއެލާގެ ކުރީގެ އުފެއްދުންތައް އަލުން ހޯދުމަށް ދިހަ ބިލިއަން ޑޮލަރު، އަދި ދިހަ އަހަރު ހޭދަވެދާނެ ކަމަށް ބުނެފައެވެ.

ޓްރަމްޕް މިހެން ބުނީ ވެނެޒުއޭލާގެ ރައީސް މަޑޫރޯ ވެރިކަމުން ދުރުކުރުމަށްފަހު އެމެރިކާއިން ވެނެޒުއެލާ "ހިންގާނެ" ކަމަށް ބުނިތާ ދުވަސްތަކެއް ފަހުންނެވެ.

އެމެރިކާގެ ޕެޓްރޯލިއަމް ކުންފުނިތަކުން އެގައުމުގައި ހިންގާ އޮޕަރޭޝަންތައް ބޮޑުކުރުމަށް އޭނާގެ އުންމީދުތަކާ ބެހޭ ގޮތުން ޓުރަމްޕް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކާފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved