February 27, 2026
Advertisement
އަލީ ހުސެން ރައީސް މުއިއްޒު އަށް ؛ އިތުރުފުޅު ހައްދަވައިގެން އަބަދަކު ސަލާމަތެއް ނުވާނެ!
އަލީ ހުސެން ރައީސް މުއިއްޒު އަށް ؛ އިތުރުފުޅު ހައްދަވައިގެން އަބަދަކު ސަލާމަތެއް ނުވާނެ! / ސޯޝަލް މީޑިއާ

މިހާރު މަޖިލީހުގެ ކޮންޓްރޯލު މުއިއްޒަށް ގެއްލިއްޖެ: އަލީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Jan 7, 2026, 06:22 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލު ރައީސް ޑރ މުހައްމަދު މުއިއްޒަށް މިހާރު ގެއްލިފައިވާ ކަމަށް، ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

Advertisement

ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސެއިން މިފަދައިން ވިދާޅުވެފައިވަނީ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އަލީ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތަކީ ޚަރަދު ކުޑަކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އެގޮތުން އޭނާ ވަނީ ފުރަތަމަ މަސައްކަތް ކުރީ ރިޔާސީ ދައުރު މަޖިލިސް ތެރެއިން ދަންމާލަން ކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ފަހުން މަޖިލީހުގެ ދައުރު ކުރުކުރަން މަސައްކަތްވެސް ކުރިކަން ފާހަގަކުރައްވާ އަލީ ވިދާޅުވީ، އެގޮތަށް ނިންމާ ދެން މަސައްކަތް ފެށީ ރިޔާސީ އިންތިޚާބާ އެކު މަޖިލިސް އިންތިޚާބު ބާއްވަން ކަމަށެވެ. ނަމަވެސް މިއިން އެއްވެސް ކަމަކަށް މަޖިލިސް މެމްބަރުން އެއްބަސް ނުވި ކަމަށާ މީގެ ކުރިން ޕާޓީން ނިންމާ ގޮތާ ޚިލާފުވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައި ނަމަވެސް، މިއަދު ރައީސް ބޭނުންވާހާ ގޮތަކަށް އިސްލާހުތައް ނުގެނެވޭނެކަން މެންބަރުން ސާބިތުކޮށްދީފައިވާ ކަމަށް އަލީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަލީ ވަނީ މިފަހަރު ގާނޫނު އަސާސާއަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނައަކަށް ދާން ނިންމި ނިންމުން އޭނާ ބަލައިގަންނަ ކަމަށާ ނަމަވެސް މި ވެރިކަމުގައި މީގެ ކުރިން ގާނޫނު އަސާސީއަށް ގެނައި ބަދަލުތަކަށް ރައްޔިތުންގެ ފެންނަ ނުފެންނަ ނުހޯދި ސަބަބާ މެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

އޭނާ ވަނީ ގާނޫނު އަސާސީއަށް ކޮންމެ އިސްލާހެއް ވެސް ގެންނަން ޖެހޭނީ ރައްޔިތުންގެ ބަހެއް އޮވެގެން ކަމަށް ވިދާޅުވެފައެވެ.

އަލީ ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ އޭނާ ސާފުކޮށް ދެކޮޅު ހައްދަވާ ކަމަށެވެ. މި އިސްލާހުތައް ގެނައުމަށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާތައް ބާއްވަނީ އެއްވެސް ޚާއްސަ ހާލަތެއް ދިމާވެގެން ނޫން ކަމަށާއި، މިއީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށް ވެސް އަލީ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved