މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން އަމަލުކުރި ގޮތުން އެ ކޮލެޖު ބަދުނާމުވެފައިވާތީ ގާނޫނި ގޮތުން އެޅެން ހުރި ފިޔަވަޅުތައް ބަލާ މަޝްވަރާކުރަމުންދާ ކަމަށް އެވިޑު ކޮލެޖުން ހާމަކޮށްފިއެވެ.
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ފަރާތުން 4 ޖެނުއަރީ2026 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ޢާންމު ނޫސްބަޔާނާ ގުޅިގެން އެވިޑު ކޮލެޖުން ނެރުނު ބަޔާނެއްގައި 8 ކަމެއް ފާހަގަކޮށްފައިވެއެވެ.
އެގޮތުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދު (ނަންބަރު: 2022/R-77) އަދިމޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ނަންބަރު: 2025/R-89) އާ ޚިލާފްވާގޮތަށް އެވިޑް ކޮލެޖުން ދިވެހިރާއްޖޭން ބޭރުގައި ޕްރޮގްރާމެއް ނުހިންގާ ކަމަށާ އެހެންނަމަވެސް ސްރީލަންކާގެ ބައެއް ޕާރޓްނާރ ކޮލެޖްތައް އެގައުމުގެ ކަމާބެހޭފަރާތް ތަކުން އެވިޑްގެ ޕޮރޮގްރާމް ތަކުގެ ހުއްދަ ހޯއްދަވައި، އެވިޑް ކޮލެޖަކީ، ޔޫ.ޖީ.ސީ އިން ގަބޫލުކުރައްވާ ތަނަކަށް ވުމާއެކު އެ އުސޫލުގެ ދަށުން އެ ބޭފުޅުން ހިންގަވަމުން ގެންދެވީ ގަވާއިދު ނަންބަރު: 2025/R-89) އާންމުކުރުމުގެ ކުރިން ކަމަށް ބުނެފައިވެއެވެ.
ހަމަ އެހެންމެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު (ނަންބަރު: 2025/R-89) 10 ސެޕްޓެމްބަރ 2025 ގައި ގެޒެޓް ކުރެވުމާއި އެކު، 14 ސެޕްޓެމްބަރ 2025 ގައި އެވިޑް ކޮލެޖުން ވާނީ މި ކޮލެޖްގެ ޕާރޓްނަރ ކޮލެޖް ތަކަށް އުސޫލެއް ކަނޑައަޅައިފިކަން އަންގާ، އެއާ އެއްގޮތަށް ކަންކަން ގެންދިއުމަށް އަންގާފައި ކަމަށާ އަދި މިމައުލޫމާތު ވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ތަކުރާރުކޮށް ހިއްސާކޮށްފައިކަމަށްވެސް އެވިޑުގެ ބަޔާނުގައިވެއެވެ
މީގެ އިތުރުން އެވިޑް ކޮލެޖްގެ ޕާރޓްނާރ ކޮލެޖްތައް ސްރީލަންކާގައި ހުރި ކަމުގައިވީ ނަމަވެސްސ ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސްއަކީ އެވިޑް ކޮލެޖްގެ އެފިލިއޭޓެޑްޕާރޓްނާރ އެއް ނޫންކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ، މިމައުލޫމާތުވެސް ވާނީ މީގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އާ ހިއްސާކުރެވިފައި ކަމަށާ އަދި ނޫސް ބަޔާނުގައި ސިލޯން ކޮލެޖް އޮފް އެޕްލައިޑް ސްޓަޑީސްގެ ނަން އޮތުމުން އެފަރާތުން ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށް އަދި އެ ކޮލެޖްގެ ނަން ކިލަނބު ވުމާގުޅިގެން ގާނޫނީ ފިޔަވަޅު އެޅުމާމެދު މަޝްވަރާ ކުރަމުންދާކަން ހާމަ ކޮށްފައިކަމަށެވެ.
އެވިޑް ކޮލެޖުން ވާނީ ނުހަނު ދެފުށް ފެންނަ ގޮތަށް ކޮލެޖް ގެ ޕާޓްނާ ކޮލެޖްތައްރާއްޖޭން ބޭރުގައި ހުންނަކަމާ އަދި ގަވާއިދު (ނަންބަރު: 2025/R-89) ގެޒެޓް ކުރުމާއެކު އެގަވާއިދަށް ތަބާވާނެކަން އަންގައި އަދި ގަވާއިދު ގެކުރިން ކުރިއަށް ގެންދިޔަ އެފިލިއޭޝަންތަކާމެދު ކަންކުރާނެ ގޮތުގެ ލަފައަކަށް ވެސް އެދިފައި ކަމަށް ބުނެފައިވެއެވެ.
އެހެންނަމަވެސް، އެވިޑް ކޮލެޖްގެ ނަން ކިލަނބު ވާގޮތަށް، 3 ޖެނުއަރީ 2026 (ހޮނިހިރު) ވީ ސަރުކާރު ބަންދު ދުވަހެއްގައި، ނަންބަރު (PR)218-Admin/218/2026/1 ނޫސްބަޔާން ނެރި، ޖެހިގެން އައި ދުވަހު 4 ޖެނުއަރީ 2026، ގައި ކުރިން ނެރުނު އާންމު އިއުލާން ނަންބަރު: 2(PR)218-Admin/218/2026/ 4 ޖެނުއަރީ 2025 (އާދިއްތަ) ކަމަށް ބަޔާންކޮށް، އާންމުންނަށް އޮޅޭފަދަގޮތަކަށް އިއުލާން ނަންބަރާ ތާރީޚްގައި ކުށް ހިމެނޭ ގޮތަށް، އިއުލާން ނަންބަރު 3/(PR)218-Admin/218/2026 4 ޖެނުއަރީ 2026 ގައި އާންމު ކޮށްފައިވާ ކަމާ މި ދެ އިއުލާންގައި ވެސް އެއް މައުލޫމާތެއް އޮތުމާ، ބާތިލްކުރެއްވީ ކޮން އިއުލާނެއްކަމާ، އައު ކުރެއްވީ ކޮން އިއުލާނެއްކަންވެސް އޮޅުން ނުފިލާކަން އެވްޑިުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެއީ ކަންކަން އަވަސްކޮށް، އޭގެ ފުންމިނަށް ނުބައްލަވާ، އެއްވެސް ޒިންމާދާރުކަމެއް އަދި އަހައްމިއްޔަތުކަމެއް ނެތި، ގޯސް ނިޔަތެއްގައި، އިހުމާލުވެ، ގެއްލުން ދިނުމުގެ މަގްސަދުގައި ރޭވުންތެރިކަމާއެކު ހިންގަވާ ކަންތައްތަކެއް ކަމުގައި އެވިޑުން ސިފަކޮށްފައިވެއެވެ.
އުސޫލެއް ކަނޑައެޅުމުގެ ކުރިން ރާއްޖޭން ބޭރުގެ ޕާރޓްނާވެފައިވާ ކޮލެޖްތަކާ ބެހޭ ކަންކަމާ ބެހޭގޮތުން އެމް.ކިޔޫ.އޭ އާ ބައްދަލުކޮށް އެފަރާތުން ވަނީ ގޮތެއް ކަނޑައަޅާފައި ނަމަވެސް އުސޫލް ގެޒެޓް ކުރުމުގެ ފަހުން އެ ފަދަ ކަމެއް ކުރިއަށް ދިޔަތޯ ބެއްލެވުމެއްނެތި އެވިޑް ކޮލެޖް ފަދަ ތައުލީމާއި ތަމްރީނުގެ ޚިދުމަތެއް ފޯރުކޮށްދޭ ތަނަކަށް ފިޔަވަޅު އެޅުމަކީ ބޭއިންސާފުން އަދި އަދާލާތުގެ ހަމަތަކާއި ހިލާފަށް އަނިޔާ ދިނުންކަމުގައި އެވިޑް ކޮލެޖުން ދެކޭކަމަށް ވެސް ބަޔާނުގައި ހާމަކޮށްފައިވެއެވެ. އަދި އާންމު މުޖުތަމަޢުގެ ނަޒަރުގައި، އެވިޑް ކޮލެޖުގެ ނަން ކިލަނބު ކުރުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ.
ހަމައެހެންމެ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުން އެވިޑް ކޮލެޖާމެދު އަމަލުކުރަމުންދާ ގޮތާއި، ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބައެއް ގަވާއިދުތަކާއި އެގަވާއިދުތަކުގެ ބައެއް މާއްދާތަކާއި ގުޅޭގޮތުން، އެވިޑް ކޮލެޖުގެ ފަރާތުން ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު މަޝްވަރާ ކުރެވެމުންދާކަން ފާހަގަކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ފަރާތުންވެސް، އަދުލުވެރިކަމާއެކު، ޤާނޫނީ އިމުގެ ތެރެއިން އަމަލުތައް ތަރުތީބުކުރައްވާ، ތައައްސުބާއި ތައައްސުފުން އެއްކިބާވެ، ޤާނޫނީ ޒިންމާ އަދާކުރުމަށް އެ ކޮލެޖުން އިލްތިމާސްކޮށްފައިވެއެވެ.