theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ވަޒީފާ ދޭންވީމަ އަހަރުން ބޭނުން މީހަކަށް ނުލިބޭ، ވޯޓު ދޭންވީމާ މި މީހުން ބޭނުން މީހަކަށް؟ / ތޭރަގްރެފިކްސް
ރިޕޯޓު
ވަޒީފާ ދޭންވީމަ އަހަރުން ބޭނުން މީހަކަށް ނުލިބޭ، ވޯޓު ދޭންވީމާ މި މީހުން ބޭނުން މީހަކަށް؟
07 ޖެނުއަރީ 2026
މާލެ ސިޓީ

ފެނުކައްކާ ބޮލީގެ އިއްޒަތުގެ ވާހަކަ ތިޔަ އެންމެ ބޭފުޅުން އަޑު އަހަމުތޯއެވެ؟ އާދޭހެވެ. އޭގެ މާނައަކީ ބޭނުން ޖެހުމުން ބޭނުންކޮށްލުމަށް ފަހު ބޭނުން ފުދުމުން ނަގާ ދުރުކޮށްލާ ވާހަކައެވެ. އަނެއްކާވެސް ބޭނުމެއް ޖެހެންދެންނެވެ.

އެގޮތުން މި ރިޕޯޓުގައި ފައިސަލާ ކޮށްލަނީ މި އެފަދަ ކަމަކަށެވެ. ކުރިއަށް އޮތް އެޕްރިލް މަހިގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ތައްޔާރުވަމުން އަންނައިރު، ސިޔާސީ ޕާޓީތަކުންވެސް ގެންދަީ އެ އިންތިހާބަށް ނެރުމަށް ކެންޑިޑޭޓުން ތައްޔާރުކޮށް ދާއިރާތަކަށް ކަނޑައަޅަމުންނެވެ. ޚާއްސަކޮށް ސަރުޚާރު ތަމްސީލު ކުރާ ޕާޓީއިން މިކަމަށް ނުހަނު އަރުވާ ޖަހައިގެން މަސައްކަތްތަކެއް އެބަ ކުރެއެވެ. މި އިންތިހާބު ސަރުކާރު ހިންގާ ޕާޓީއަށް ކޮންމެހެންވެސް ދޭން ޖެހޭ ކަމަށް ސަރުކާރުގެ ރެޕްރަޒެންޓޭޓިވުން ބުނެއެވެ. ސަބަބަކަސް ބުނަނީ އަތޮޅު ތެރޭގެ ތަރައްގީއަށް ކައުންސިލްތައް ލިބިގެން ނޫނީ ސަރުކާރަށް މަސައްކަތްކުރެވެން ނެތުމެވެ.

މިއީ ހަގީގަތުގައި ތެދު ވާހަކަތަކެއް ނޫނެވެ. މަޖިލިސްވެސް ހޯދީ މިހެން ކިޔާފައެވެ. ވެރިކަމަށް ދެ އަހަރުވެގެން ދިޔައިރު ނަމަވެސް ރައްޔިތަކަށް ކޮށްދިންކަމެއް ނެތވެ. ބޮޑުވީ ވެރިންގެ ޖީބުތަކެވެ. ބަރާވީ ވެރިންގެ އެކައުންޓުތަކެވެ. އުސްމިނަށް ނެގުނީ ވެރިންގެ ގޯތި ގެދޮރެވެ.

ކަންކަން މި މަގުން ހިނގަމުން އަންނަ އިރު ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، ސަރުކާރުގައި ރައްޔިތުން އެދޭ ކަންކަން ނުވާއިރު ރައްޔިތުންގެ ކިބައިން ސަރުކާރުން ކަންކަމަށް އެދުމުން ރާސްޓަސް އެކަމެއް ވާން ޖެހުމެވެ. ނޫނީ ފެންނަނީ ޒާތަކަށް ބްލެކް މެއިލް ކުރާ މަންޒަރެވެ.

އެގޮތުން ރައްޔިތުން ވަޒީފާއަށް އެދި ސަލާން ކެހުމާ އެންސްޕާ އާސަންދަ ފަދަ ހިދުމަތްތަކަށް ވެރިންގެ ކިބައިން ސަލާން ޖަހަމުންދާއިރު ކަހާތަން ހިރުވާވެސް ނުލާ ވެރިން ތިބެނީ ތަށަށް ކިޔަނީ މަރިޔަބުހޭ ވެސް އަހާ ނުލައެވެ. ސަރުކާރުގެ ގެނައުމަށް އެންމެ ބުރަ މަސައްކަތްކުރި ގިނަ ބަޔަކު މިއަދުވެސް ވަޒީފާއެއް ނެތި ބިކަހާލުގައި އުޅެމުން ވަޒީފާއަކަށް އެދި އާދޭސްކުރަމުން ސަރުކާރުވެރިންނަށް ކުރުނީސްކުރަމުންދާއިރު ވަޒީފާތައް އިންތިހާނުތަކާ ދިމާކޮށް ބަހަމުން ގޮސްފައިވަނީ އިދިކޮޅު ފަރާތްތަކަށް ކަމަށް އެ ރައްޔިތުން ތުހުމަތު ކުރެއެވެ. އަދި އެ ރައްޔިތުން ބުނާ ގޮތުގައި ވަޒީފާ ނެތި އަނގަޔާ އަތާ ދިމާނުވެ ތިބެ ސަރުކާރުގެ އެންމެ ތިރިން މައްޗަށް އާދޭސް ނުދަންނަވާ ރޭންކެއް ނެތެވެ. ނަމަވެސް އިވުނު ކަންފަތެއް ތަސައްލީއެއްވީ ސިކުނޑިއެއް ވެރިންގެ ތެރޭގައި ނެތެވެ.

ރައްޔިތުން ވެރިންގެ ކިބައިން ކަންކަމަށް އެދި އާދޭސް ކުރާ އިވޭ މީހަކު ނެތެވެ. ނަމަވެސް ސަރުކާރުން ރައްޔިތުން މަތިން ހަނދާން ވަނީ ވޯޓެއް އައިސް ކައިރިވުމުން ކަމަށް ގިނަ ރައްޔިތުން ބުނެއެވެ. ދެން އެ އިންތިހާބެއް ނިމެންދެން ރައްޔިތުން ޅޮސް އުނދޯޔަށް އަރުވައިގެން ހެއްލާނީ ނުހަނު ބާރަށެވެ. މިއަށް އަހަރުމެން ކިޔައި އުޅެނީ "ހިޔަޅުވެރި"ކަމެވެ.

ކޮންމެއަކަށް އިނތިހާބެއް ބޯމަތިވަމުން އަންނަނީއެވެ. ވައުދު ގޯނިތައް އަނެއްކާވެސް ތުން މޮހެލައިގެން ސަރުކާރުން ތެޅެނީ މޮޔަ ހަސަނަށް އަމާ ފެނިގެން އުޅޭ އުސޫލުންނެވެ. ނަމަވެސް ރައްޔިތުން މިއަދު ބުނަނީ ތަފާތު ބަހެކެވެ.

ވަޒީފާ އާ ޒާތީ ބޭނުންތައް ފުއްދައިދޭންވީ އެ ރައްޔިތުން ބޭނުން މީހަކަށް ނުލިބޭ ކަމަށާ، އެހެންކަމުން ވޯޓު ދޭންވީމާ ސަރުކާރުން ބޭނުންވާ މީހަކަށް ވޯޓު ދޭން ނުޖެހޭނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved