February 28, 2026
Advertisement
ނަތަންޔާހު
ނަތަންޔާހު / ސޯޝަލް މީޑިއާ

ނަތަންޔާހޫގެ ކޮރަޕްޝަން މައްސަލަ ބަލާ އިސް ފަނޑިޔާރު އެކްސިޑެންޓެއްގައި މަރުވެއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 7, 2026, 11:01 PM
މާލެ ސިޓީ

ސަހްޔޫނީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަނާއި، ފަސާދަ އަދި މަގާމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ސީރިއަސް މައްސަލަތައް ބަލަމުންދިޔަ އިސް ފަނޑިޔާރު ބެގީ ސާގީ، ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

Advertisement

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަނޑިޔާރު ސާގީ މަރުވީ މަގުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ ނަތަންޔާހޫގެ ޝަރީޢަތުގެ މުހިންމު މަރުހަލާތަކެއް ކުރިއަށްދަނިކޮށް ކަމަށްވުމުން، ގިނަ ބައެއްގެ މެދުގައި ވަނީ ބޮޑެތި ޝައްކުތަކެއް އުފެދިފައެވެ.

ސޯޝަލް މީޑިއާގައާއި އާންމުންގެ ތެރޭގައި މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައަކީ، މިއީ ހަމައެކަނި އެކްސިޑެންޓެއް ނޫން ކަމަށާއި، މިއީ ނަތަންޔާހޫއާ ދެކޮޅަށް ހުރި ހެކިތަކާއި މައްސަލަ އޮއްބާލުމަށް ގަސްތުގައި ދީފައިވާ ހަމަލާއެއް ކަމުގެ ތުހުމަތެވެ.

ފަނޑިޔާރު ސާގީގެ މަރާއެކު، ސަހްޔޫނީންގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލިވެ، ނަތަންޔާހޫގެ މައްޗަށް ކުރެވޭ ތުހުމަތުތައް ވަނީ ކުރިއަށްވުރެ ގަދަވެފައެވެ. ގިނަ ބަޔަކު އަންނަނީ މިއީ ރޭވުންތެރިކަމާއެކު ހިންގާފައިވާ "މަރެއް" ތޯ ސުވާލު އުފައްދައި، މިކަމުގެ މިނިވަން ތަހުގީގަކަށް ގޮވާލަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސަހްޔޫނީ ސަރުކާރުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved