theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީންގެ އިންޒާރު ޑީޕީ ވޯލްޑަށް: އަޅުގަޑުމެންގެ ވެރިކަމެއްގައި ޕޯޓު އަތުލާނަން / ތޭރަގްރެފިކްސް
ސިޔާސީ
ރައީސް ޔާމީންގެ އިންޒާރު ޑީޕީ ވޯލްޑަށް: އަޅުގަޑުމެންގެ ވެރިކަމެއްގައި ޕޯޓު އަތުލާނަން
Mariyam Isaadha
މަރިޔަމް އިސާދާ
07 ޖެނުއަރީ 2026
މާލެ ސިޓީ

ޖީއެމްއާރު އަތުން ރާއްޖޭގެ މައި އިންޓަރނޭޝަނަލް އެއާޕޯޓު އަތުލި ފަދައިން ޑީޕީ ވޯލްޑް އަތުން ރާއްޖޭގެ މައި ސީ ޕޯޓުވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ﷲގެ އިރާދަފުޅުން އަތުލާނެކަމުގެ އިންޒާރު ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ދެއްވައިފިއެވެ.

ރައީސް ޔާމީން މިފަދަ އިންޒާރެއް ދެއްވާފައިވަނީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފްގެ ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ވަރަށް ސިއްރުން މި ސަރުކާރުން ދުބާއީ ވޯލްޑަށް ރާއްޖޭގެ މައި ޕޯޓު ވިއްކާލާފައިވާވުމާ ގުޅިގެން ނުހަނު ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަޑުމެންގެ ވެރިން އަތަށް ތޫނު ހަތިޔާރެއް ދިނުމުން އޭގެ މިޔަ އޮތްގޮތްވެސް ބަލާނުލާ ކަމަށާ ދުނިޔެއަށް އަންނަ ބަދަލަށް ބަލާލުމެއް ނެތި ގައުމުގެ ހަރު މުދާ ވިއްކުމަކީ އިގްތިސޯދީ ހައްލެއް ނޫން ކަމަށެވެ. އެމްޑީޕީއިންވެސް ހިންގި އިގްތިސޯދީ ޖަރީމާ މި ސަރުކާރުންވެސް ތަކުރާރު ކުރަމުން ގެންދާކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އަނބިދަރިންވެސް ވިއްކާލުމަށް ފަހު ވެރިން ގެއަށް ވަޑައިގަންނަވަންވީ ކަމަށެވެ.

ރައީސް ޔާމީންގެ ނުރުހުން އެކަމާ ގުޅިގެން އިންތިހާއަށް ފާޅުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ޕޯޓު ވިއްކާލައިގައި ރައީސް މުހައްމަދު މުއިއްޒަށާ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ވެސް ލިބޭ ފައިސާއެއް ލިބޭނެ ކަމަށާ ނަމަވެސް އެއީ ޖިނާއީ ބޮޑު ކަންތައްތަކެއް ކަމަށާ ސަރުކާރު ބަދަލުވެގެން ގޮސް އެމަނިކުފާނުގެ ސަރުކާރެއްގައި ޕޯޓު އަނބުރާ ދިވެހިންގެ އަތްމައްޗަށް ނަގާނެ ކަމަށާ އެހެންކަމުން ޑީޕީ ވޯލްޑުން އެތަނާ ކައިރިނުވުމަށް އިލްތިމާސްކުރާ ކަމަށާ ދިވެހިންގެ މުދާ ދިވެހިންނަށް ހިމާޔަތްކޮށްދެއްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޕޯޓު ވިއްކުމާ ދެކޮޅަށް ހުރިހާ ދިވެހިން ތެދުވަން ޖެހޭ ކަމަށާ މިކަމުގައި ބަސްބުނަން އޮތް ރައްޔިތުންގެ މަޖިލީހުން މިކަމާ ދެކޮޅަށް ބަހެއް ނުބުނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
ކޮމެންޓްތައް
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved