March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ދީންވެރި މައިން: ނަމާދަށް ފަރުވާތެރި ޖީލެއް ބިނާކުރުމުގެ ބިންގާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 9, 2026, 06:10 PM
މާލެ ސިޓީ

މާތްﷲގެ އެއްކައުވަންތަކަމަށް އީމާންވެ، ފަރުޟު ފަސް ނަމާދު ގާއިމުކުރުމަކީ އިސްލާމްދީނުގެ އެންމެ މަތިވެރި ވާޖިބަށްވާއިރު، ތިބާގެ ދަރީން އެ މަތިވެރި އަޅުކަމަށް ލޯބިޖައްސުވައި، ނަމާދަށް ރައްކާތެރިވާ ބަޔެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ކޮންމެ މައިންބަފައިގެ މައްޗަށް އޮތް ބޮޑު މަސްއޫލިއްޔަތެކެވެ. މިއަދުގެ ހުކުރު ޚުތުބާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޑަކުދީން މިސްކިތަށް އަހުލުވެރި ކުރުވުމުގެ މުހިއްމުކަމުގެ މައްޗަށެވެ.

Advertisement

ޚުތުބާގައި ބަޔާންކުރި ގޮތުގައި، ދަރިންނަކީ މާތްﷲ ދެއްވާ މަތިވެރި ނިއުމަތެކެވެ. އެހެންކަމުން، ދީނަށް ލޯބިކުރާ އަދި ނަމާދަށް ފަރުވާތެރިވާ ޖީލެއް ބިނާކުރުމަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ބިންގަލަކީ، ދަރިންގެ މައިންގެ ގޮތުގައި ދީންވެރި އަދި ތަގުވާވެރި އަންހެނުން އިޚްތިޔާރު ކުރުމެވެ. މިކަމުގައި އިހުމާލުވެއްޖެ ނަމަ ދިރިއުޅުމުގެ އުފާވެރިކަން ގެއްލި، އާޚިރަތުގައި ބޮޑުވެގެންވާ ހިތާމަ ނޫނީ ނުލިބޭނެކަމުގެ އިންޒާރު ޚުތުބާގައި ދީފައިވެއެވެ.

ދަރިންނަށް ރިވެތި ގޮތުގައި ނަސޭހަތްތެރިވުމުގެ މުހިއްމުކަން ފާހަގަކުރައްވަމުން، ލުގްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަސޭހަތް ދެއްވި ގޮތުގެ މިސާލު ޚުތުބާގައި ބަޔާންކުރެއްވިއެވެ. ވަކިން ހާއްސަކޮށް، ފިރިހެން ދަރީން މިސްކިތުގައި ނަމާދު ކުރުވުމަށް ބާރުއަޅައި، އެކަމުގައި ހުރި ދަރުމައާއި ސަވާބުގެ ވާހަކަ ގިނަގިނައިން ކިޔައިދިނުމަށް މައިންބަފައިންނަށް އިލްތިމާސްކުރެއްވިއެވެ.

ނަމަވެސް، މިއަދުގެ މުޖުތަމައުން ފެންނަ ހިތާމަވެރި މަންޒަރަކީ، ކުޅިވަރާއި އެހެނިހެން ދުނިޔަވީ ކަންކަމުގައި ވަގުތުތައް ހޭދަކޮށް، ނަމާދު ވަގުތު ފާއިތުވެގެންދާއިރުވެސް އެކަންކަމަށް އިސްކަންދޭ މަންޒަރެވެ. މިކަމާ މެދު ސަމާލުވުމަށް ޚުތުބާގައި ގޮވާލެއްވިއެވެ.

މިހާރު ކުރިއަށްދަނީ ރަޖަބު މަސް ކަމަށްވާއިރު، މިއީ މާތްﷲ ހުރުމަތްތެރި ކުރައްވާފައިވާ މަހެއްކަން ހަނދާންކޮށްދެއްވައި، މިއީ ތައުބާވެ ﷲގެ މަގަށް ރުޖޫއަވާން މަސައްކަތް ކުރަންވީ އެންމެ ރަނގަޅު ވަގުތުކަން ޚުތުބާގައި ހަނދާންކޮށްދެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved