theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ރައީސް ޔާމީން މޫސާ ޖަލީލަށް: ރައްޔިތުން ހާލުގައި ޖެއްސި ސަރުކާރެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުތުމަކީ ލަދުވެތި ކަމެއް
09 ޖެނުއަރީ 2026
މާލެ ސިޓީ

ދިވެހި ރައްޔިތުން ހާލެއްގައި ޖެއްސި ސަރުކާރެއްގެ ކެނޑިޑޭޓެއްގެ ގޮތުގައި ވޯޓު ހޯއްދަވަން ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށް ވިދާޅުވެ، މާލެ ސިޓީގެ މޭޔަރު ކަމަށް ޕީއެންއެސީގެ ޓިކެޓުގައި ވާދަކުރައްވާ ރިޓަޔާޑް ޖެނެރަލް މޫސާ އަލީ ޖަލީލަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ފަޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.

ޕީއެންފުން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މޫސާ އަލީ ޖަލީލްގެ ހާލަތާއި މެދު ވަރަށް ހިތާމަކޮށް ލަދުވެސް ގަންނަ ކަމަށެވެ.

ޖަލްސާގެ ސްޕީކަރ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު، މޫސާ އަލީ ޖަލީލް ފަދަ ރިޓަޔަޑް ޝަރަފްވެރި ޖެނެރަލަކު މޭޔަރު ކަމަށް ނެރެ، ރައްޔިތުންނަށް ވޯޓަށް ސަލާން ޖަހަން ޖެހޭ ގޮތަށް ރައީސް މުހައްމަދު މުއިއްޒު ނިންމެވުމުން ވަރަށް ހިތާމަކުރައްވާ ކަމަށް ވިދާޅުވި ވިދާޅުވުމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ސިފައިންގޭގައި ކިތަންމެ ހިދުމަތެއް ކުރެއްވި ނަމަވެސް ރައްޔިތުންނަށް މިފަދަ ހާލެއް ޖެއްސި ސަރުކާރެއްގެ ކެނޑިޑޭޓެއްގެ ގޮތުގައި ވޯޓު ހޯއްދަވަން ނުކުތުމަކީ ލަދުވެތި ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެއީ ޖަލީލްގެ އަމިއްލަ ނިންމެވުމެއް ކަމަށްވާތީ އެކަމާ އެހާ ވިސްނަން ބޭނުންނުވާ ކަމަށެވެ.

މީހެއްގެ އިހުލާސްތެރިކަން ހުރި މިންވަރާއި ހަގީގީ މިޒާޖު ފެނިގެންދާނީ އޭނާއަށް ކަމެއްގެ ބޭނުން ޖެހޭ ހާލަތުގައި ކަމަށް ވެސް ވިދާޅުވި އެވެ. ޔުނީފޯމުގައި އޭނާގެ ހަގީގީ މިޒާޖު ފެނިގެން ނުދާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖަލީލު ހުންނެވީ ކޮންތާކުތޯ ސުވާލު ކުރައްވަމުން ޔާމީން ވިދާޅުވީ، ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވުމުން ސަނާ ކިޔެން ނެތްކަމަށެވެ.

ޖަލީލް އޭނާގެ އަގު ދިވެހިންގެ ކުރިމަތީގައި ވައްޓާލީ އަމިއްލައަށް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި އެވެ. ސިފައިންގެ ތަމްރީނާއި އަހްލާގު ލިބިފައިވާ ބޭފުޅަކު ޔެސް ސާ ކިޔާ ގޮތަށް އެ މީހެއްގެ އަގު ވެއްޓިގެންދާ ފަދަ ކަމެއްގައި "ނޯ ސާ" ވެސް ބުނަން އެނގެންވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved