February 26, 2026
Advertisement
-
- / އޭބީސީ ނިއުސް

އެމެރިކާގެ އިމިގްރޭޝަން އޮފިސަރަކު ބަޑިން ހަމަލާދީ އަންހެނަކު މަރާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 10, 2026, 03:52 PM
މާލެ ސިޓީ

އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (ICE) ގެ އެޖެންޓުންތަކެއް މިނިސޯޓާގެ މިނިއަޕޮލިސްގައި ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، އުމުރުން 37 އަހަރުގެ އަންހެނަކަށް ބަޑިޖަހައި މަރާލައިފިއެވެ.

Advertisement

މި ހާދިސާގައި މަރުވެފައިވަނީ އިމިގްރޭޝަނާ ދެކޮޅަށް ކުރިއަށްދިޔަ މުޒާހަރާތަކެއްގައި ގާނޫނީ އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ރެނީ ނިކޯލް ނަމަކަށް ކިޔާ އަންހެނެކެވެ. ރެނީ ނިކޯލްއަށް އަމާޒުކޮށް އައިސީއީގެ އޮފިސަރު ބަޑިޖަހާފައިވަނީ، އެ ސިޓީގައި އިމިގްރޭޝަން އޮފިސަރުން އިތުރުކޮށް، ފުޅާ ދާއިރާއެއްގައި އޮޕަރޭޝަންތައް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މި ހާދިސާ ހިނގާފައިވަނީ މިނިއަޕޮލިސްގެ މަގުތަކަށް އެތައް ހާސް އައިސީއީ އެޖެންޓުންނެއް ޖަމާވެ، ހިިފާ ހައްޔަރުކުރުމުގެ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަނިކޮށެވެ. ރެނީ ނިކޯލްއަކީ އެ ސަރަހައްދުގައި އިންސާނީ ހައްގުތަކަށާއި ގާނޫނީ އުސޫލުތަކަށް ބޯލަނބާ މިންވަރު ބަލަމުންދިޔަ މީހެކެވެ.

މި ހާދިސާއާ ގުޅިގެން މިނިއަޕޮލިސްގެ އާންމުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، ގިނަ ބަޔަކު ދަނީ އައިސީއީގެ އަމަލުތައް ކުށްވެރިކުރަމުންނެވެ. އަދި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ބުނެ އިންސާފަށް ގޮވާލައި މުޒާހަރާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.

ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ މި ބަޑިޖެހުމުގެ ހާދިސާ ތަހުގީގު ކުރަމުންނެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭގޮތުން އައިސީއީއިން އަދި ރަސްމީކޮށް ތަފްސީލީ ބަޔާނެއް ނެރެފައެއް ނުވެއެވެ. މި ހާދިސާގެ ސަބަބުން އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކާއި، ފުލުހުންގެ ބާރުތަކާ ގުޅޭގޮތުން ކުރެވެމުންދާ ބަހުސްތައް ވަނީ އަނެއްކާވެސް ހޫނުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved