theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
ގްރީންލޭންޑަށް އަސްކަރީ ބާރުތައް ފޮނުވަން އިނގިރޭސިވިލާތުން ތައްޔާރުވަނީ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
12 ޖެނުއަރީ 2026
މާލެ ސިޓީ

އެމެރިކާއިން ގްރީންލޭންޑް ހިފުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބުނަމުން ދިޔުމާއި ގުޅިގެން، އެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި އިނގިރޭސިވިލާތާއި، ޖަރުމަނު އަދި ފްރާންސް ގުޅިގެން ގްރީންލޭންޑަށް އަސްކަރީ ބާރެއް ފޮނުވުމުގެ ތައްޔާރީތައް ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ "ދަ ޓެލެގްރާފް" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިނގިރޭސި އޮފިޝަލުން މިހާރު ވަނީ ޖަރުމަނާއި ފްރާންސްގެ ސަރުކާރާ އެކު މިކަމާ ގުޅޭ މުހިންމު މަޝްވަރާތަކެއް ބާއްވާފައެވެ. މި ބައްދަލުވުންތަކުގެ ބޭނުމަކީ ގްރީންލޭންޑަށް އަސްކަރީ ސަފުތަކެއް ފޮނުވައި، އެމެރިކާގެ ނުފޫޒުން އެ ސަރަހައްދު ސަލާމަތް ކުރުމެވެ.

މިފަދަ ފިޔަވަޅެއް އަޅަން ވިލާތުގެ ގައުމުތަކުން ނިންމާފައި މިވަނީ، އެމެރިކާއިން ގްރީންލޭންޑް އެ ގައުމުގެ ބާރުގެ ދަށަށް ގެނައުމަށްޓަކައި ސިއްރާއި ފާޅުގައި ތަފާތު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ދަނޑިވަޅެއްގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއިން ދަނީ ގްރީންލޭންޑްގެ މުހިންމު ސަރަހައްދުތަކަށް އަތްގަދަ ކުރުމަށް ރޭވުންތަކެއް ރާވަމުންނެވެ.

މި މައްސަލައިގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ، އެމެރިކާ ހިމެނޭ އަސްކަރީ އިއްތިހާދު "ނޭޓޯ" އިން ވެސް މިހާރު އެމެރިކާއާ ދެކޮޅަށް ތެދުވެފައިވާ ކަމެވެ. ނޭޓޯގެ މެންބަރު ގައުމުތަކުން ގަބޫލުކުރާ ގޮތުގައި އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ހަމަޖެހުމަށް އޮތް ނުރައްކަލެކެވެ.

ގްރީންލޭންޑަކީ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދަކަށް ވާއިރު، އެމެރިކާއިން އެތަން ހިފަން އުޅޭ ކަމަށް ފެތުރިފައިވާ ޚަބަރުތަކާއެކު، ދުނިޔޭގެ ބޮޑެތި ބާރުތަކުގެ މެދުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. ވިލާތުގެ ގައުމުތަކުން މިހާރު ތައްޔާރުވަމުންދަނީ ކޮންމެ ވަގުތެއްގައި ވެސް ގްރީންލޭންޑަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved