ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ޕާޓީ، ޕީއެންސީއިން މާލޭގެ މޭޔަރު ކަމަށް ނެރޭ މޫސާ އަލީ ޖަލީލަށް އިންތިހާބު ކާމިޔާބު ނުވާނެކަމުގެ ޔަގީންވެ، ކެންޑިޑޭޓު ބަދަލުކުރަން އެ ޕާޓީއިން މަސައްކަތް ފަށައިފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ޕީއެންއެސީގެ އިސް ބޭފުޅަކު ވަނީ މިކަން ހާމަކޮށް މި ނޫހަށް މައުލޫމާތު ހިއްސާކޮށްފައެވެ. ހިއްސާ ކުރި މައުލޫމާތުގެ ތެރޭގައި ހިމެނެނީ، މޫސާ އަލީ ޖަލީލުގެ ސިއްހީ ހާލަތު ތަން ނުދޭތީ ކަމަށް ބުނެ ޕީއެންސީއިން ވަނީ ކެންޑިޑޭޓު ބަދަލުކުރަން ނިންމާފައެވެ. މިކަމާ ލީޑާޝިޕުގެ ބޭފުޅުން ނުގަބޫލު ނަމަވެސް ސީދާ ރައީސް ޑރ މުހައްމަދު މުއިއްޒު އެގޮތަށް ބޭނުންފުޅުވާތީ މިކަން ކުރަން އުޅެނީ ވަރަށް ސިއްރުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ކެންޑިޑޭޓު ބަދަލުކުރުމަށް އެހެން މީހަކު ހޯދަން ރައީސް މުއިއްޒު އަންގާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމު ފަލާހުއަށް ކަމަށްވެސް ވެއެވެ.
ލީޑާޝިޕުން މިކަމާ ދެކޮޅު ހެދި ނަމަވެސް ރައީސް މުއިއްޒަކީ އެމަނިކުފާނު ބޭނުން ގޮތަކަށް ކަންކުރައްވާ ބޭފުޅެއް ކަމަށްވުމުން މޫސާ އަލީ ޖަލީލަށް މި ފުރުސަތު ގެއްލުވާލާނެ ކަމަށްވެސް މައުލޫމާތި ލިބިފައެވެއެވެ.