theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ސަރުކާރާ މަޖިލިސް ދިނުމުންވެސް ދިނި ދޮގާ މަކަރާ ކޮރަޕްޝަން: ޑރ ޖަމީލު / ރައީސް އޮފިސް
ސިޔާސީ
ސަރުކާރާ މަޖިލިސް ދިނުމުންވެސް ދިނީ ދޮގާ މަކަރާ ކޮރަޕްޝަން: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
15 ޖެނުއަރީ 2026
މާލެ ސިޓީ

ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެން ސަރުކާރާ އަދި ރައްޔިތުންގެ މަޖިލިސް އެމަނިކުފާނުގެ ޕާޓީއަށް ދިނުމުން ވެސް ރައްޔިތުންނަށް އަނބުރާ ލިބުނީ ދޮގާ މަކަރާ ކޮރަޕްޝަން ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދުގެ ނުރުހުން ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ވިސްނުމާ އަދި ސިޔާސަތު އޮތް ގޮތް މާލޭ ސިޓީ ކައުންސިލްގެ 4 ޖަލްސާ ޕީއެންސީގެ ކައުންސިލަރުން ކެންސަލް ކުރުމުން އެނގިގެންދާ ކަމަށެވެ.

ރައީސް މުހައްމަދު މުއިއްޒު ބޭނުންވަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށާ ޖަވާބުދާރީ ނުވެ ފަރު ޖައްސަން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ. ރައީސް މުއިއްޒަށް ކައުންސިލްތައް ދޭން ނުޖެހޭ ސަބަބު މާލޭ ސިޓީ ކައުންސިލުން އެކަނިވެސް ސާފުވާ ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ ރައްޔިތުންގެ މަޖިލިހާ ސަރުކާރު ދިނުމުން ވެސް ރައީސް މުއިއްޒު ރައްޔިތުންނަށް ދިނީ ދޮގާ މަކަރާ ކޮރަޕްޝަންގެ ހަދިޔާ ކަމަށް ވިދާޅުވެ ސަރުކާރަށް ނުުރހުން އަމާޒުކުރައްވާފައެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް ކައުންސިލް އިންތިހާބު ޕީއެންސީއަށް ލިބިގެން މެނުވީ ރަށްރަށަށް ތަރައްގީ ނުގެނެވޭނެ ކަމަށް ބުނަމުންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved