theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / އިމިގްރޭޝަން
ހަބަރު
ސައުތް އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 ޖެނުއަރީ 2026
މާލެ ސިޓީ

ދުނިޔޭގެ އެކި ގައުމުތަކުގެ ޕާސްޕޯޓުތައް ރޭންކްކުރާ ބައިނަލްއަގުވާމީ މިންގަނޑުތަކުން ދައްކާގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓަކަށް ދިވެހި ޕާސްޕޯޓް ހޮވިއްޖެއެވެ.

ހެންލީ ޕާސްޕޯޓް އިންޑެކްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 52 ވަނައިގައެވެ. މިއީ ސަރަހައްދީ ގޮތުން ބަލާއިރު އެންމެ ކުރީގައި އޮތް ގައުމެވެ. ދިވެހި ޕާސްޕޯޓް އޮންނަ ފަރާތްތަކަށް ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމަށް ކުރިން ވިސާ ނެގުމަކާ ނުލައި ދަތުރުކުރުމުގެ ފުރުސަތު މިހާރު ލިބިގެންދެއެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކަށް ބަލާއިރު، ރާއްޖެއާ އެންމެ ގާތުން ވާދަކުރާ އިންޑިއާ އޮތީ އިންޑެކްސްގެ 82 ވަނައިގައެވެ. ބޫޓާން 87 ވަނައިގައި އޮތްއިރު، ސްރީލަންކާ އޮތީ 93 ވަނައިގައެވެ. އަދި ބަންގްލަދޭޝް 97 ވަނައިގައި އޮތްއިރު، ނޭޕާލް އޮތީ 98 ވަނައިގައެވެ. ޕާކިސްތާން އޮތީ 100 ވަނައިގައެވެ.

މި ކާމިޔާބީއަކީ ބައިނަލްއަގުވާމީ މައިދާނުގައި ދިވެހިރާއްޖެއަށް އޮތް އިތުބާރާއި ގަދަރު ދޭހަކޮށްދޭ މުހިންމު ނިޝާނެކެވެ. މީގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށާއި، ދަރިވަރުންނަށާއި އަދި ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހި ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ދުނިޔޭގެ ފެންވަރުގައި 192 ގައުމަކަށް އޮން އެރައިވަލް ވިސާ ލިބޭ ސިންގަޕޫރުގެ ޕާސްޕޯޓް އިންޑެކްސްގައި އެންމެ ވަރުގަދަ ޕާސްޕޯޓެއްގެ ގޮތުގައި ދެމިއޮތްއިރު، ދެވަނައިގައި އޮތީ ޖަޕާނާއި ދެކުނު ކޮރެއާ އާއި ތިންވަނައިގައި ޔޫރަޕްގެ ފަސް ގައުމެކެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?