theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
އެމެރިކާގެ އޮރެގަން އައްސޭރިފަށަށް 6.0 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
16 ޖެނުއަރީ 2026
މާލެ ސިޓީ

އެމެރިކާގެ ހުޅަނގު އައްސޭރީގެ އޮރެގަން ސްޓޭޓާ ދުރުނޫން ސަރަހައްދަކަށް ރިކްޓާ މިންގަނޑުން 6.0 ގެ ބާރުމިނުގައި ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އިންޑިއާގެ ބިންހެލުންތައް މޮނިޓާ ކުރަމުން އަންނަ އިދާރާއެއް ކަމަށްވާ ނޭޝަނަލް ސެންޓާ ފޯ ސިސްމޮލޮޖީ (އެންސީއެސް) އިން ހާމަކުރި ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އުތުރު ޕެސިފިކް ކަނޑަށެވެ. މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ ސަތަހުން ފެށިގެން ގާތްގަނޑަކަށް 10 ކިލޯމީޓަރު އަޑިއަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މައުލޫމާތުދޭ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ އޮރެގަންގެ ބަނޑަރެއް ކަމަށްވާ ބެންޑަންއާ ގާތްގަނޑަކަށް 279 ކިލޯމީޓަރު ދުރަށެވެ. މި ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ނުވަތަ އިމާރާތަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ކަނޑުގެ އަޑިއަށް އައި މި ބާރުގަދަ ބިންހެލުމާ ގުޅިގެން އެމެރިކާގެ ނޭޝަނަލް ސުނާމީ ވޯނިން ސެންޓަރުން ބުނެފައިވަނީ، މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ނުރައްކަލެއް ނެތް ކަމަށެވެ.

މި ސަރަހައްދަކީ އާންމުކޮށްވެސް ބިންހެލުންތައް އަންނަ "ބްލާންކޯ ފްރެކްޗާ ޒޯން" ކަމަށްވާއިރު، މި ފަހަކަށް އައިސް މި ސަރަހައްދަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމަކީ މިއީކަން ފާހަގަކުރެވެއެވެ. ކަމާބެހޭ އިދާރާތަކުން ދަނީ މި ހާދިސާ އިތުރަށް މޮނިޓާ ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved