theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް, ޕީއެންއެފްގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. / ތޭރަ އޮންލައިން
ސިޔާސީ
މިވަގުތުވެސް އެންމެ މަގުބޫލު ސިޔާސީ ލީޑަރަކީ ރައީސް ޔާމީންކަމަށް ޕޯލަކުން ދައްކައިފި
Yana Shareef
ޔާނާ ޝަރީފް
17 ޖެނުއަރީ 2026

ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން އާންމުންގެ މެދުގައި މިވަގުތު އެންމެ މަގުބޫލު ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްކަމަށް ބާނީ ސެންޓާ ފޯ އިންޓަނޭޝަނަލް ޕޮލިސީގެ އެންމެ ފަހުގެ އޮޕީނިއަން ޕޯލްގެ ނަތީޖާއިން ދައްކައިފި އެވެ.

ބާނީން ހެދި ދިރާސާގައި 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ނުވަތަ ޕާޓީގެ ޕްރައިމަރީގައި ވާދަކުރައްވަނެ ކަމަށް ބެލެވޭ ހަ ސިޔާސީ ލީޑަރުންގެ ސްކޯއެއް ދިނުމަށް އާންމުންގެ ގާތުގައި އަހައިގެން 10 ޕޮއިންޓްގެ ތެރެއިން ރައީސް ޔާމީނަށް 5.6 ޕޮއިންޓް ލިބުނެވެ.

މި ދިރާސާގައި ދެން ހިމެނޭ ސިޔާސީ ލީޑަރުންނަކީ ރައީސް މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލެވެ.

ސިޔާސީ ލީޑަރުންނަށް 10 ޕޮއިންޓްގެ ތެރެއިން ލިބުނު ޕޮއިންޓްގެ އަދަދު:

  • އަބްދުﷲ ޔާމީން - 5.6 ޕޮއިންޓް

  • މުހައްމަދު މުއިއްޒު - 5.3 ޕޮއިންޓް

  • މުހައްމަދު ނަޝީދު - 4.9 ޕޮއިންޓް

  • އިބްރާހިމް މުހައްމަދު ސޯލިހު - 4.5 ޕޮއިންޓް

  • އަބްދުﷲ ޝާހިދު - 2.3 ޕޮއިންޓް

  • ފައްޔާޒް އިސްމާއިލް - 2.1 ޕޮއިންޓް

ދިރާސާއިން ދައްކާގޮތުގައި އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލީ ހަ ޕޮއިންޓާއެކު ރައީސް ޔާމީން އެވެ. އެ އުމުރުފުރާގެ ޒުވާނުންގެ މެދުގައި 5.9 ޕޮއިންޓާއެކު ދެވަނައަށް އެންމެ މަގުބޫލީ ސޯލިހެވެ. އުމުރުން 18 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި މަގުބޫލު ނޫން ލީޑަރަކީ މުއިއްޒު އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 23، އިން ޑިސެމްބަރު 1، އާ ދެމެދު ބާނީން މި ސާވޭ ކުރިއަށްގެންދިޔައީ ފޯނު މެދުވެރިކޮށް ރެންޑަމްކޮށް މީހުންނަށް ގުޅައި އިންޓަވިއުކޮށްގެންނެވެ.

އެ ސާވޭގައި 391 މީހުން ބައިވެރިވެފައިވާއިރު، އެ އަދަދަކީ ރާއްޖޭގެ އާބާދީއަށް ބަލާއިރު 95 ޕަސަންޓް ކޮންފިޑެންސް ލެވެލްގައި އަދި ފަސް ޕަސަންޓް މާޖިން އޮފް އެރާއަކާއެކު، ސްޓެޓިސްޓިކަލީ ސިގްނިފިކަންޓް ސާވޭއެއް ހަދަން ބޭނުންވާ އަދަދަށްވުރެ އިތުރު މިންވަރެއް ކަމަށް ބާނީން ބުނެފައިވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved