March 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޣައްޒާގެ ސުލްޙައިގެ ބޯޑުގެ މެންބަރަކަށް ވުމަށް އެރްދޮޣާނަށް ޓްރަމްޕް ދަޢުވަތު އަރުވައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 19, 2026, 01:24 AM
މާލެ ސިޓީ

ޣައްޒާގެ އިންތިޤާލީ ވެރިކަން ހިންގުމަށްޓަކައި އެކުލަވައިލާ "ސުލްޙައިގެ ބޯޑު"ގެ މެންބަރަކަށް ވުމަށް، ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އެރްދޮޣާނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަޢުވަތު އަރުވައިފިއެވެ.

Advertisement

މި ދަޢުވަތަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ޙަމާސް ޖަމާޢަތާއެކު ވެފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާގައި ވެރިކަން ކުރާނެ އިންތިޤާލީ ކޮމިޓީއެއް އެކުލަވައިލުމަށް ނިންމާފައިވާ ނިންމުމާ ގުޅިގެން ދެއްވި ދަޢުވަތެކެވެ.

މި އެއްބަސްވުމުގައިވާ ގޮތުން ޣައްޒާގައި އުފައްދާ އިންތިޤާލީ ކޮމިޓީގެ މައްޗަށް ބާރު ފޯރުވާނީ ރައީސް ޓްރަމްޕްގެ ސީދާ ބެލުމުގެ ދަށުން އުފައްދާ "ސުލްޙައިގެ ބޯޑު"ންނެވެ. އަދި މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ސީދާ ޓްރަމްޕް ކަމަށް އޭނާ ވަނީ މީގެ ކުރިން އިޢުލާނު ކުރައްވާފައެވެ.

ޓްރަމްޕް، ރައީސް އެރްދޮޣާނަށް މިފަދަ ދަޢުވަތެއް އެރުވި ނަމަވެސް، އެ ދަޢުވަތު އެރްދޮޣާން ޤަބޫލުފުޅު ކުރެއްވި ކަމެއް ތުރުކީގެ ވެރިރަށް އަންކާރާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ބޯޑަކީ ޣައްޒާގެ މުސްތަޤްބަލާ މެދު ގޮތްތަކެއް ނިންމުމަށާއި، ސަރަޙައްދީ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި އެމެރިކާ އިސްވެ އޮވެ ކުރިއަށްގެންދާ މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް، އިސްލާމީ އުންމަތުގެ މުހިންމު ލީޑަރެއްގެ ގޮތުގައި ބެލެވޭ އެރްދޮޣާން މި ބޯޑުގައި ބައިވެރިވެވަޑައިގަތުމާ މެދު ނިންމަވާ ގޮތަކަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved