theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފިސް
ސިޔާސީ
ކައުންސިލް ޕީއެންސީއަށް ދީގެން ނޫނީ ތަރައްގީ ނުގެންނާނެ ކަމަށް ބުނުމަކީ ޚުދުމުހުތާރުކަން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
18 ޖެނުއަރީ 2026
މާލެ ސިޓީ

ލޯކަލް ކައުންސިލްތައް ވެރިކަން ކުރާ ޕާޓީއަށް ދީގެން ނޫނީ ތަރައްގީ ނުގެންނާނެ ކަމަށް ބުނުމަކީ ޚުދުމުހުތާރުކަން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ގޮނޑިތައް ސަރުކާރު ތަމްސީލު ކުރާ ޕީއެންސީއަށް ދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދައިން ވިދާޅުނުވެވޭނެ ކަމަށާ ވެރިކަމާ މަޖިލިސް ދިނުމުން ވެސް ތަރައްގީއާ ތަަމައްދުގެ ޒައްރެއްގެ މިންވަރުވެސް ދެ އަހަރުވެގެން ދިޔައިރު ގެނެސް ނުދެވުނު ބަޔަކަށް ކައުންސިތައް ދިން ނަމަވެސް ނުގެނެސްދެވޭނެ ކަމަށާ މިހާރު ވެރިކަމުގެ ތިބީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން އެދޭ ތަރައްގީ ގެެނެސްދެވޭނެވަރުގެ ގާބިލުކަމެއް ހުރި ބަޔަކު ނޫން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ޕިއެންސީއަށް ކައުންސިލް ގޮނޑިތައް ދިނުމުން މެނުވީ ތަރައްގީ ނާންނާނެ ކަމަށް ރައީސުލްޖުހޫރިއްޔާއަކު ވިދާޅުވުމަކީ އިންތިހާބަކާ ދިމާކޮށް ރައްޔިތުންނަށް އިންޒާރު ދިނުން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން ވަނީ ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ ދެއުޅިއެއް ނުވާ ހުދުމުހުތާރު ވެރިއެއްގެ ސިފަތައް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައިވެސް މެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?