March 10, 2026
Advertisement
ވެލާނާ  އިންޓަނޭޝަނަލް  އެއަރޕޯޓް  ޓާމިނަލްގައި  ފްލައިޓް  ތަކެއް  ޕާކްކޮށްފައި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ޓާމިނަލްގައި ފްލައިޓް ތަކެއް ޕާކްކޮށްފައި / ސޯޝަލް މީޑިއާ

ރައީސް ޔާމީން ގާއިމުކޮށްދެއްވި އައު ރަންވޭގެ މޫވުމަންޓުގެ އައު ރެކޯޑެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Jan 11, 2024, 08:17 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސްދެއްވި ބޮޑެތި ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްދެއްވި އައު ރަންވޭގެ މޫވުމަންޓުގެ އައު ރެކޯޑެއް ގާއިމްކޮށްފިއެވެ.

Advertisement

މިކަން ހާމަކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް ހިންގާ އެއާޕޯޓްސް ކޮޕްމެނީއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގެ ހޮނިހިރު ވަނީ އެއަރ ޓްރެފިކް މޫވްމަންޓުގެ އައު ރެކޯޑެއް ގާއިމުކޮށްފައެވެ.

އެގޮތުން އެ ގޮތުން މި މަހުގެ ހަ ވަނަ ދުވަހު ޖުމްލަ 925 އެއާ ޓްރެފިކް މޫވްމެންޓް ހަދާފައިވާ ކަމަށާ އޭގެ ތެރޭގައި ހިމެނެނީ 672 ސީޕްލޭން މޫވްމެންޓާއި 104 އިންޓަނޭޝަނަލް މޫވްމެންޓްގެ އިތުރުން 116 ޑޮމެސްޓިކް މޫވްމެންޓާއި ޕްރައިވެޓް ޖެޓްތަކުގެ 33 މޫވްމެންޓް ކަމަށް އެމްއޭސީއެލުންވަނީ ހާމަކޮށްފައެވެ.

މި މަހުގެ ހަ ވަނަ ދުވަހު މި ރިކޯޑް ހެދި އިރު މީގެ ކުރިން އެންމެ ގިނަ މޫވްމެންޓްގެ ގޮތުގައި ރެކޯޑް ކުރެވިފައި ވަނީ 861 މޫވްމެންޓެވެ. އެއާޕޯޓުގެ އެއާޓްރެފިކިން މޫވްމަންޓްގެ އައު ރެކޯޑެއް ހަދާފައިވާއިރު ރައީސް ޔާމީންވަނީ އެމަނިކުފާނުގެ ޒައާމަތުގައި އައު ރަންވޭ އެއް ހުޅުވާ ދެއްވާ އަދި އައު ސީޕްލޭން ޓާމިނަލްއެއްވެސް ގާއިމްކޮށްދެއްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved