theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ސިޔާސީ
ޖަލީލު ނެރުނަސް މުއިއްޒުގެ އެޖެންޑާގައި އޮތީ އާޒިމް ހޮވުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
19 ޖެނުއަރީ 2026
މާލެ ސިޓީ

ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކެންޑިޑޭޓެއް ނެރެފައި ހުރި ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެޖެންޑާ އޮތީ މުޅިން އެހެން ގޮތަކަށް ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ވެރިކަން ކުރާ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ނެރެފައިވާ މޫސާ އަލީ ޖަލީލަކީ ކަތިލާ ކަންބަޅިއެއް ކަމަށާއި ރައީސް މުހައްމަދު މުއިއްޒު ބޭނުންވަނީ މިހާރުގެ ވެސް މޭޔަރު އާދަމް އާޒިމް ހޮވެން ކަމެވެ.

ރައީސް ޔާމީން ވިދާޅުވާ ގޮތުގައި އެކަމުގެ ފަހަތުގައި އޮތް ސަބަބަކީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ކައުންސިްލ ތެރޭގައި ހިންގާފައި ހުރި ކަންކަން ނުބަލާ އާދަމް އާޒިމް އެއް ދައުރު ނިންމާލުން ކަމަށްވުން ކަަމަށާ އެހެންކަމުން މުއިއްޒުއަށް ނަފްސުގެ ސަލާމަތްކަން އޮތީ ދެން ވެސް އާޒިމް އެ މަގާމުގައި ހުރެގެން ކަމަށްވުމަކީ ވެސް ސަބަބެއް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ވިދާޅުވީ ޖަލީލަކީ ޚިދުމަތްތެރި، ޝަރަފުވެރި، ނަމޫނާ ބޭފުޅެއް ކަމަށާއި މާލޭގެ މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ގަބޫލުކުރުމުން ހިތާމަ ކުރައްވާ ކަމަށެވެ.

ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުއިއްޒު ބޭނުންވަނީ އާދަމް އާޒިމް ހޮވެން، އެހެންވީމާ ހަމަ އެ ސަބަބަށް ޓަކައި މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައިގެން އުޅޭ ހުރިހާ ޕީއެންސީގެ ކައުންސިލަރުންނަށް އަންގައިފި މޫސާ ޖަލީލާއެކީ ކަލޭމެން ފޮޓޯ ނަގާފައި ޕޯސްޓަރު ހަދައިގެން ނުވާނެއޭ

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް އެމަނިކުފާނުގެ ތާއީދާއެކު އިސްމާއިލް ޒަރިޔަންދު ނެރުނީ އާޒިމްގެ ވެސް ދޯހަޅިކަމުން ކައުންސިލް އޮޑިޓުނުކޮށް ވައްކަމާ ކޮރަޕްޝަން އޮއްބާލާފައިވާތީ އެކަންކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމަށާ ޒަރިޔަންދުގެ ކިބައިގައި އެ ހިތްވަރާ ގާބިލުކަން ހުންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?