ދައުލަތުގެ ފައިސާ، ރީތިކޮށް ބުނާނަމަ ރައްޔިތުންގެ ފައިސާއެވެ. ޓެކްސް ދައްކަނީ ބުރަކޮށް މަސައްކަތްކޮށްގެން އެ ލިބޭ އުޖޫރައަކުންނެވެ.
ބޮޑުންގެ ޖީބުތައް ފުރިފައި އާންމުގޮތެއްގައި ހުންނަނީ ރައްޔިތުންގެ ފައިސާއިންނެވެ. އާދެ މިއަދު މި އަލިއަޅުވާލަނީ މީގެ ކުރިންވެސް ދައްކާފައިވާ ވާހަކަ އަކަށް.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަކީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ވެރިކަމުގައި ކޮރަޕްޝަންގެ ހާއްޔެވެ. ފައީސާ އެކަކު އަނެއްްކަކުގެ އެކައުންޓަށް އަޅަމުން އަޅަމުން ގޮސް މުޅި ކުންފުނި ބަނގުރޫޓު ކޮށްފައިވާ ކަމުގެ ތުހުމަތުތަކުގެ އަޑުތައް އެރީ އިސާހިތަކުއެވެ.
ސަރުކާރުގެ މަގުހަދާ ކުންފުނި ރޯޑް ޑިވޮލެޕޮމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަކީ ވައްކަމާއި ކޮރަޕްޝަންގެ ޙާއްޔެއްކަން މިއޮތީ ރޯމާ ދުވާހެން ހާމަވާންށެވެ.
ކުންފުނީގެ އެމްޑީން ފެށިގެން އާދައިގެ މުވައްޒަފުންނާއި ހަމައަށް ކުންފުނިން ހިންގާ ކޮރަޕްޝަނުގައި ބައިވެރިވަމުންދާ ކަމުގެ ތުހުމަތުތައް އޮތީ މެކުހަށް ޖަހާފައެވެ.
އާރުޑީސީގެ ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ފެންމަތިވެ، އެންމެ ފުރަތަމަ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. ތުހުމަތު ކުރެވޭ ފަރާތްތައް ގިނަ ނަމަވެސް ޚާއްސަ ފަރާތްތަކަށް ތުހުމަތު އަމާޒުވެގެން ބަލާލިއިރު އޭރުގެ މެނޭޖިންގ ޑިރެކްޓާރ މޫސާ އަލީ މަނިކް (މޫކޭ) އާއި ކުންފުނީގެ ޖެނެރަލް މެނޭޖާރ ޝުހާދު ހިމެނެއެވެ. އެއްލައްކަ ރުފިޔާގެ ކޮރަޕްޝަނެއް ފެންމަތިވެގެން ދިޔައިރު އެ ފައިސާ ބޭނުންކޮށްފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބާއި ދިމާކޮށް ލ.އަތޮޅަށް ކުރި ދަތުރަކަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މި މައްސަލަވެސް 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވަނީ ހިންދާލާފައެވެ.
އެ ފަހުން މިދިޔަ އަހަރު އަޑުއިވިގެން ދިޔައީ ފިއްކަނޑައިގެންދާވަރުގެ ބޮޑު ކޮރަޕްޝަނުގެ ވާހަކައެއް. އަޖައިބުވެ މީހަކު އަންތަރީސްވެގެން ދާވަރުވިއެވެ.
2023 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން އާރްޑީސީގެ ހިޔާނާތުގެ ބޮޑު މައްސަލަ އެއް ބަލަމުން އަންނަކަމަށް މީޑިއާއަށް ތިލަކުރި އިރު އާރްޑީސީ އިން އެ ހިސާބުން އެކަން ދޮގު ވެސް ކުރި.ވާނީވެސް އެހެންތާއެވެ.
ވަޅު ގަނޑު ކޮންނަ މީހާ ފަހުން އެ ވަޅުގަނޑު ފޮރުވުމަށް ފަސް އަޅާނެތާއެވެ. ފަސްއެޅިޔަސް އެތަނުގައި ވަޅުގަނޑެއް ކޮނެފައިވާކަން ފެންނަން ހުންނާނެއެވެ. 13.8 މިލިޔަން ރުފިޔާ އާރްޑީސީގެ އެކައުންޓުން ހަވަޔަށް އަރުވާލި ކަމުގެ ތުހުމަތު ހަމަ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާރ މޫސާ އަލީ މަނިކް(މޫކޭ) އަށްކުރެވޭއިރު ޗީފް ފިނޭންޝަލް އޮފިސަރ (ސީއެފްއޯ) ޔާސިރުގެ މައްޗައް ވެސް ތުހުމަތުތައް ދިޔައީ ފެންމަތިވަމުންނެވެ. މޫކޭ އޭނާގެ ޅިޔަނަށް ބައި އަޅައިގެން ލާރި ގަނޑު ކާލީ ކަމެއް ނޫންކަމެއް ވެސް ނޭނގެއެވެ.
މި ކޮރަޕްޝަންގެ އިތުރުން ވެސް އާރުޑީސީގެ ތިޖޫރި 3 ފަހަރު މަތިން ފަޅާލާ އޭގައި ހުރި ފައިސާ ވަނީ ވަގަށް ނަގާއި ހަވަޔަށް ގެއްލުވާލާފައެވެ. މި ކަމުގެ ފަހަތުގައި ވެސް ކުންފުނީގެ ކުރީގެ އެމްޑީ މޫކޭ ހުންނެވިކަމުގެ ތުހުމަތުތައް ވަނީ އެތައްފަހަރެއްގެ މަތިންކުރެވިފައެވެ.އާރުޑީސީގެ ތެރެއިން ވައްކަމާއި ޚިޔާނާތުގެ ބޮޑެތި މައްސަލަތައް ފެންމަތިވަމުން އަންނައިރު، އެ ކުންފުންޏާއި ހަވާލުކޮށްގެން ހިންގާ މަޝްރޫއުތައް ނުނިމި ދިގުލައިގެން ގޮސް އެ މަޝްރޫއުތަކަށް ބޮޑެތި ހޭދަތަކެއް ރައްޔިތުންގެ ފައިސާއިން ކުރަން ޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ. ރައީސް ޞާލިހް އަށް 2018 ވަނަ އަހަރު ކެމްޕެއިން ކޮށްދެއްވާ ސަނާ ކިޔުމުގައި މޫކޭ އަވަދިނެތި އުޅުއްވިކަމުގެ ފޮނި މޭވާއެއްގެ ގޮތުގައި މޫކޭ އަށް ލިބުނީ އާރުޑީސީއެވެ.
އާރުޑީސީ ވެގެން ދިަޔއީ މޫކޭގެ ރަން ބިސް އަޅާ ކުކުޅަށެވެ. މޫކޭއަށް އާރުޑީސީ ފެނުނީ އަލާއުއްދީންގެ ޖާދޫގެ ވޮއްގަޑުގެ ގޮތުގައެވެ. ފެމުނުވެސް ކާނުލާނެހާ އަވަސްމިނުގައި މޫކޭއާ އައުވާނުން އާރުޑީސީ ދިރުވާލީއެވެ. ތިޖޫރީވެސް ތިން ފަހަރުމަތިން ދޮވެ ހުސްކޮށްލީ މޫކޭގެ މޭސްތިރިކަމުގެ ތެރެއިން ކަމަށް ބުނެ ކިޔާތި އަޑު އިވެއެވެ،
ކުރިންދުވަހު ޕޮލިހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ވަނީ ތަހްގީގް ކުރާ ވާހަކަ ބުނެފައެވެ. މޫކޭގެ މައްޗައް ތުހުމަތު ކުރެވޭ އިރު އެވާހަކަ ފުލުހުންވެސް ފާޅުގައި ބުނެފައިނެތެވެ. އަނެއްކާވެސް ރައްޔިތުންގެ ފައިސާ ކެއުމަށްޓަކައި މޫކޭ އުޅުއްވަނީ މަޖިލިސް އިންތިޚާބްގައި ވާދަކުރެއްވުމަށް އަވަދިނެތިއެވެ.
ބޮޑުން އުޅެނީ އުޅޭނެ ފާޑަކަށެވެ. ކަމަކީ އެއީނު. ރައްޔިތުންގެ ފައިސާ ޖީބަށް އެޅުން.