March 11, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ރައީސް މުއިއްޒުގެ މަގްސަދަކަށްވެފައި އޮތީ އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން: ޑރ ޖަމީލު

Jan 20, 2026, 10:32 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މަގްސަދަކަށްވެފައި އޮތީ އަތޮޅުތެރޭގެ ރައްޔިތުންގެ ބާރު ކަނޑުވާލުން ކަމަށް ކުރީގެ ނައިބު ރައީސް، އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތިލާ ކެންޑިޑޭޓުން، އީފާސް މެދުވެރިކޮށް ކެންޑިޑެންސީ ހުށަހަޅަން އޮތް އޮތުމުގެ ކަންބޮޑުުވުމާ އެކު ޕީއެންއެފުން އިލެކްޝަން ކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު މީޑީޔާތަކަށް މައުލޫމާތު ދެއްވަމުން ޑރ ޖަމީލު ވިދާޅުވީ، އެފަދައިން އަމަލު ކުރުމުން ގާނޫނު އަސާސީގެ 26 ދީފައި އޮންނަ ހައްގު ހަނިވެގެންދާ ކަމަށެވެ.

އިންތިހާބަކީ އަތޮޅު ތެރޭގެ ގިނަ ހިސާބުން ގިނަ ބަޔަކު ކުރިމަތިލާ އިންތިހާބަކަށްވާއިރު، ޕިއެންސީގެ އަމާޒަކީ ވީހާވެސް ގިނަ ބަޔަކަށް އިންތިހާބުގެ ފުރުސަތު ގެއްލުނވާލުން ކަމަށް ތުހުމަތު ކުރައްވާ ޑރ ޖަމީލު ވިދާޅުވީ ހަމައެކަނި އީފާހަށް އެކަނި ބަރޯސާވެއްޖެ ނަމަ އެކަން އެގޮތަށް ވެގެންދާނެ ކަމަށެވެ.

ޑރ ޖަމީލު ވިދާޅުވީ، އިލެކްޝަން ކޮމިޝަނުން ބަދަލުތަކެއް ނުގެނެސް ހަމައެކަނި އީފާސް މެދުވެރިކޮށް ކެންޑިޑޭންސީ ބަލައިގަންނަ ނަމަ ގާނޫނު އަސާސީގެ 68 ވަނަ މާއްދާއާ 69 މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ފުރުސަތު ފުޅާވެގެން ނުދާނެ ކަމަށެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ބާރު ރައްޔިތުންގެ އަތަށް ނެގުމަށް މި އިންތިހާބުގައި ޕީއެންސީ ނޫން ކެންޑިޑޭޓުން ހިޔާރުކުރަން ގޮވާލައްވާކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved