March 10, 2026
Advertisement
.
. / މާލެ ސިޓީ ކައުންސިލް

މީދަލަކަށް 380 ގެ މަގުން 80 މީދާ މަރައިފި

Yana Shareef
ޔާނާ ޝަރީފް
Jan 21, 2026, 02:19 AM

މާލޭގެ އެކި ތަންތަނުގައި މީދާ ބޭސް ބަހައްޓަން މާލޭ ސިޓީ ކައުންސިލުން މިދިޔަ މަހު ކުރިއަށްގެންދިޔަ ޕްރޮގްރާމަށް 31،000 ރުފިޔާ ޚަރަދުވިއިރު، 80 މީދާ މަރުވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

Advertisement

މީދާ މެރުމުގެ ހަރަކާތެއް ސިޓީ ކައުންސިލުން ފެށީ މިދިޔަ މަހު 16 ގައެވެ.

ސަން އޮންލައިނުން ހުށަހެޅި އާރްޓީއައިއަށް ޖަވާބުދެމުން ބުނީ، އެ ޕްރޮގްރާމްގެ ދަށުން 49 ތަނެއްގައި މީދާ ބޭސް ބަހައްޓާފައިވާ ކަމަށެވެ. މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮގްރާމްގެ ދަށުން ބެހެއްޓި މީދާ ބޭސްތަކުގެ ސަބަބުން 80 މީދާ މަރުވެފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އެ މުއްދަތުގައި އެ ޕްރޮގްރާމަށް ޚަރަދުކުރީ ޖުމުލަ 31،978.40 ރުފިޔާއެވެ. އެއީ، މީދާ ބޭސް ގަންނަން ޚަރަދުކުރި 30،596 ރުފިޔާއެއްގެ އިތުރުން އެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށް ބޭނުންވާ ބެނާ ޕްރިންޓްކުރަން ޚަރަދުކުރި 1،382.40 ރުފިޔާއެވެ.

މީދާ މެރުމުގެ ނަމުގައި ސިޓީ ކައުންސިލުން 31،000 ރުފިޔާ ބޭނުންކުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔުން އަމާޒުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved