theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ދުނިޔެ
"ބޯޑް އޮފް ޕީސް" އަށް ސުލްހައިގެ ދުޝްމަނު: ޣައްޒާ ސުންނާފަތިކުރި ނަތަންޔާހޫ "ސުލްހަ" ހޯދަން އެމެރިކާއަށް!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
21 ޖެނުއަރީ 2026
މާލެ ސިޓީ

ޣައްޒާގެ ކުށެއްނެތް އެތައް ހާސް ރައްޔިތުންނެއް ޝަހީދުކޮށް، މުޅި ސަރަހައްދު ސުންނާފަތިކޮށްލުމުގެ އެންމެ އިސް މޭސްތިރިޔާ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ "ބޯޑް އޮފް ޕީސް" ނުވަތަ ސުލްހައިގެ ބޯޑުގައި ބައިވެރިވުމަށް ނިންމައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އިސްރާއީލުގެ ރަހުމުކުޑަ އަމަލުތައް ކުށްވެރިކޮށް، ނަތަންޔާހޫއަކީ ހަނގުރާމައިގެ މުޖުރިމެއްގެ ގޮތުގައި ސިފަކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އުފައްދަވާ މި "ސުލްހައިގެ" މަސައްކަތުގައި އޭނާ ބައިވެރިވުމަކީ ގިނަ ބައެއްގެ މަލާމާތާއި ފާޑުކިޔުން އަމާޒުވަމުންދާ ކަމެކެވެ.

މި ބޯޑުގައި ބައިވެރިވުމަށް ނަތަންޔާހޫ އެއްބަސްވެފައިވަނީ، ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބާރުބޮޑު ކުރަމުންދާ ވަގުތެއްގައެވެ. ނަމަވެސް، އެއް އަތުން ސުލްހައިގެ މޭޒަށް ދާއިރު، އަނެއް އަތުން ފަލަސްތީނުގެ ބިންތަކަށް ބޮންއަޅައި، އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާ މީހަކު މިފަދަ ބޯޑެއްގައި ބައިވެރިވުމަކީ "ސުލްހަ" މި ބަހުގެ މާނަ އޮޅޭ ފަދަ ކަމެއްގެ ގޮތުގައި ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ބުނާ ގޮތުގައި މި ބޯޑުގެ ބޭނުމަކީ ހަމަޖެހުން ގާއިމުކުރުމެވެ. އެހެންނަމަވެސް، ނަތަންޔާހޫ މި ދައުވަތު ގަބޫލުކުރީ ހަމަހަގީގަތުގައިވެސް ސުލްހައަށް އެދިގެންތޯ ނުވަތަ ދުނިޔޭގެ ކުރިމަތީގައި އޭނާގެ މޫނުމަތި ރީތިކުރުމަށްތޯ ވަނީ ސުވާލު އުފެދިފައެވެ. ސަބަބަކީ، މި ބޯޑަށް ވަންނަން އެއްބަސްވި ނަމަވެސް، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާންތައް ހުއްޓާލާނެ ކަމުގެ އެއްވެސް ނިޝާނެއް އޭނާ އަދިވެސް ދައްކާފައި ނުވާތީއެވެ.

މި ނިންމުމާއެކު، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމާއަތްތަކުން ދަނީ، ސުލްހައިގެ ބޯޑުގެ ނަމުގައި ހިންގާ މި ހަރަކާތަކީ އިސްރާއީލުން ހިންގާ ގަތުލުއާންމު ފޮރުވުމަށް ކުރާ މަސައްކަތެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. "ބޯޑް އޮފް ޕީސް" ގެ ފުރަތަމަ ބައްދަލުވުން ވޮޝިންގޓަނުގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ދުނިޔޭގެ ގިނަ ބަޔަކު ދެކެނީ މިއީ ސުލްހައިގެ ނަމުގައި ކުޅޭ ސިޔާސީ ޑްރާމާއެއްގެ ގޮތުގައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?