March 11, 2026
Advertisement
ތެލަސީމިއާ ކުދިން ބޭނުންކުރާ ޑެސްފަރޮލް އިންޖެކްޝަން
ތެލަސީމިއާ ކުދިން ބޭނުންކުރާ ޑެސްފަރޮލް އިންޖެކްޝަން / ޓްވިޓަރ

ލޭ ލިބުން ދަތިވެ، ބްލަޑް ސާވިސްއިން އާއްމުންގެ އެހީއަށް އެދެފި

Yana Shareef
ޔާނާ ޝަރީފް
Jan 23, 2026, 03:38 AM

ބްލަޑް ބޭންކުގައި ހުރި ލޭ މަދުވެ، ލޭ ލިބުން ދަތިވުމުގެ ސަބަބުން މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)އިން ލޭ ހަދިޔާކޮށްދޭން އެދިއްޖެއެވެ.

Advertisement

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބްލަޑް ސާވިސަސްއިން ބުނީ، ލޭގެ ހުރިހާ ގްރޫޕަކުން ވެސް ލޭ ކޮންމެހެން ބޭނުން ކަމަށެވެ.

އެގޮތުން، އޭ ޕޮޒިޓިވް، ބީ ޕޮޒިޓިވް، އޭބީ ޕޮޒިޓިވް، އޯ ޕޮޒިޓިވް، އޭ ނެގެޓިވް، އަދި އޯ ނެގެޓިވް، މި ގްރޫޕުތަކުގެ ލޭ ހަދިޔާކޮށްދިނުމަށް އެ ޚިދުމަތުން ވަނީ އެދިފައެވެ.

އެމްބީއެސްއިން މައުލޫމާތު ދިން ގޮތުގައި ލޭ ވަނީ، ވަރަށް ބޮޑަށް މަދުވެފައެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާކޮށްދިނުމަށް ވަނީ އެދިފަ އެވެ.

ހުޅުމާލޭގެ އޮރެންޖު ހިޔާގައި ހުންނަ މޯލްޑިވްސް ބްލަޑް ސާވިސަސްގެ ބްލަޑް ބޭންކު ހުޅުވާފައި ހުންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8އިން ރޭގަނޑު 8 އަށެވެ.

މޯލްޑިވްސް ބްލަޑް ސާވިސަސްއިން ބުނީ، ލޭ ހަދިޔާކުރާ މީހުން އުމުރުން 18އަހަރުން މަތިވެ، ބަރުދަން 45 ކިލޯއަށް ވުރެ މަތިވާން ވާނެ ކަމަށެވެ. އަދި ލޭ ހަދިޔާކުރާ މީހުން މަދުވެގެން ހަ ގަޑިއިރުގެ ނިދި ހަމަކުރުމާއި ލޭ ހަދިޔާކުރުމުގެ ކުރިން އެއް ގަޑިއިރު ކާން އެ ޚިދުމަތުން އިލްތިމާސްކުރެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved