March 14, 2026
Advertisement
ކުރީގެ ރައީސް ނަޝީދު
ކުރީގެ ރައީސް ނަޝީދު / -

ޗާގޯސްގެ މިލްކުވެރިކަން ރާއްޖެއަށް ހޯދުމުގެ ފުރުސަތު އެބައޮތް: ނަޝީދު

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Jan 25, 2026, 01:34 AM
މާލެ ސިޓީ

ފޯޅަވަހި (ޗަގޯސް) އިނގިރޭސިވިލާތުން މޮރިޝަސްއާ ހަވާލުކުރުމަށް ކުރިން ނިންމާފައި އޮތް ނިންމުން މަޑުޖައްސާލާފައިވާތީ، އެ ރަށްތަކުގެ ބެލެނިވެރިކަން ދިވެހިރާއްޖެއަށް ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ، ޗަގޯސް މޮރިޝަސްއާ ހަވާލުކުރުމުގެ ޕްލޭން އިނގިރޭސިވިލާތުގެ ގަވަރުނަރު މިހާރު "ޝެލްފް" ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދަށް ދިވެހިންގެ ބޮޑު ދަޢުވާއެއް އޮތްކަން ފާހަގަކުރައްވައި ނަޝީދު ވަނީ ތާރީޚީ ގިނަ ހެކިތަކެއް ދައްކަވާފައެވެ.

ނަމަވެސް، ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި، އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް، ޗަގޯސްގެ މިލްކުވެރިކަން މޮރިޝަސްއަށް އޮތް ކަމަށް އޭރުގެ ސަރުކާރުން ގަބޫލުކޮށް ސިޓީއެއް ފޮނުވި މައްސަލައަކީ މިއަދު މި ދިމާވެފައިވާ ގޮންޖެހުމުގެ އަސްލެވެ. އެހެންކަމުން، އޭރު އެ ފުރުސަތު ދޫކޮށްލުމަށްފަހު، މިއަދު އަލުން އެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ޗާގޯސް މައްސަލައަކީ ރާއްޖޭގެ ދެކުނުގެ އިގްތިސާދީ ސަރަހައްދާ ގުޅިފައިވާ ހައްސާސީ މައްސަލައަކަށް ވީނަމަވެސް، ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށް މިހާތަނަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ސަރުކާރުން ކުރަމުންދާ ތަނެއް ނުފެނެއެވެ. މި މައްސަލާގައި ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved