March 14, 2026
Advertisement
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު
ޤައުމީ ކެންޑިޑޭޓް، އިސްމާއިލް ޒަރިޔަންދު / ޤައުމީ ކެނޑިޑޭޓްގެ އޮފީސް

މައްސަލައަކަށްވީ ސަރުކާރުގެ ތެރޭގައި ވައްކަން އޮތް މިންވަރު ހާމަކުރުން: ގައުމީ ކެންޑިޑޭޓު

Mariyam Isaadha
މަރިޔަމް އިސާދާ
Jan 27, 2026, 12:51 AM
މާލެ ސިޓީ

"އަދަދު" ނޫހުން އާންމުކުރި ސިޔާސީ ކާޓޫނާ މެދު ސަރުކާރުން ކަންބޮޑުވަނީ ސަރުކާރުގެ ތެރޭގައި ކަންކަން ހިނގަމުންދާ ނުކިސިޔާރު މިންވަރު ހާމަވާތީ ކަމަށް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިަޔންދު ވިދާޅުވެއްޖެއެވެ.

Advertisement

ކާޓޫންގެ ފޮޓޯއެއް ހިއްސާކުރައްވާ އެކްސްގައި ޒަރިޔަންދު ވަނީ ޕޯސްޓެއް ކުރައްވާފައެވެ.

އެ ޕޯސްޓުގައި ޒަރިޔަންދު ވިދާޅުވެފައިވަނީ އެ ކުރެހުމަށް ސަރުކާރުން ކަންބޮޑުވާ ސަބަބެއްކަމަށް އޭނާއަށް ފެންނަނީ، ދައުލަތުގެ ހިންގުމުގައި، ރިޝްވަތާއި ކޮރަޕްޝަން އާންމުވެފައިވާ މިންވަރު ބަޔާންކޯށް އެ ހާލަތު ސިފަކޮށްދީފައިވުން ކަމަށެވެ.

ހަމައެހެންމެ ޒަރިޔަންދު ވަނީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އުފައްވާ ސަރުކާރުން އެ ކޮމިޝަނުގެ ޅަފަތުގައި އެ ކޮމިޝަން މެދުވެރިކޮށް ހިޔާލުފާޅުކުރުން ހުއްޓުވުމުގައި ސަރުކާރުގެ އަޅަކަށް ހަދަމުންދާތީ އެކަމަށް ނުރުހުން ވެސް އަމާޒުކުރައްވާފައެވެ.

ޒަރިޔަންދު މިފަދައިން ވިދާޅުވެފައިވާރު، އަދަދު ނޫހުގެ އެކްސް އަދި ފޭސްބުކްގައި ޝާއިއުކުރި މި ކާޓޫނު ނެގުމަށާއި މައްސަލަ ބަލައި ނިމެންދެން އެ ސެގްމަންޓު ހުއްޓާލަން އެ ނޫހަށް އަންގާފައިވެއެވެ.

އެކަމާ ގުޅިގެން އާންމުން ހިތްހަމަ ނުޖެހި، އެ ކާޓޫނުން ދީނަށް ފުރައްސާރަކޮށްފައި ނެތްކަމަށް ބުނެ އާންމުން މި ކާޓޫން ވަރަށް ބޮޑަށް ދައުރުކުރަން ފެށުމުން އެކަން ހުއްޓުވަން މީޑިއާ ކޮމިޝަނުން އިއްޔެ ބަޔާނެއް ނެރުނެވެ. ނަމަވެސް އެ ބަޔާނަށް އިންތިހާ އަށް ފާޑުކިޔުން އަމާޒުވެ، ކާޓޫނު އިތުރަށް ފަތުރަން ފެށުމުން، މީޑިއާތަކުން ފެތުރުން މަނާކަމަށް ބަޔާން ބަދަލުކުރި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved