March 22, 2026
Advertisement
ފަރސްޓު ލޭޑީ ސާޖިދާ
ފަރސްޓު ލޭޑީ ސާޖިދާ / ޕީއެސްއެމް

ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލަރުން ހޮވައިގެން ރައްޔިތުންނަށް ވާނީ ގެއްލުން ކަމަށް ބުނެ ފަރސްޓް ލޭޑީ ބިރުދައްކައިފި

Jan 27, 2026, 06:15 PM
މާލެ ސިޓީ

ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލަރުން ހޮވައިގެން ރައްޔިތުންނަށް ވާނީ ގެއްލުން ކަމަށް ވިދާޅުވެ ފަރސްޓް ލޭޑީ ސާޖިދާ މުހައްމަދު ދިވެހި ރައްޔިތުންނަށް ބިރުދައްކައިފިއެވެ.

Advertisement

ޕީއެންސީގެ މާފަންނު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ ވަނީ، ގިނަ ސިޔާސަތުތަކާއެކު އައިސް ރައްޔިތުންނަށްޓަކައި އެތައް ކަމެއް ކޮށްދިނުމަށް ރެއާއި ދުވާލު ނުނިދާ ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެހެންކަމުން އެފަދަ ވެރިއަކާއި އެކީ މަސައްކަތް ކުރާނެ ކައުންސިލަރުންތަކަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންތަކެއް އަދި މޭޔަރެއް ހުރުމަކީ މުހިއްމުކަމެއް ކަމަށް ވެސް ސާޖިދާ ވަނީ ވިދާޅުވެފައެވެ. އެކަމަނާ ނުގޮތަށް އެ ވިދާޅުވަނީ ޕިއެންސީގެ ކައުންސިލަރުންނާ މޭޔަރުން އަދި ޑަބްލިޔުޑީސީ މެމްބަރުން ހޮވާށޭ ކަމަށް ބެލެެވެއެވެ.

އިތުރަށް އެކަމަނާ ވިދާޅުވީ، ސަރުކާރާ ދެކޮޅުވެރި ވުމުގެ ވިސްނުމުގައި ތިބި ބަޔަކު ކައުންސިލަށް ހޮވުމުން، ރައްޔިތުންނަށް ހިދުމަތްކުރާ ސަރުކާރަކާ އެކު މަސައްކަތްނުކުރާ ނަމަ ރައްޔިތުންނަށް އެއިން ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ދެބަސްވާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved