theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
އަތީގު ފުލުހުންނަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ރައީސް ޔާމީން ކުރެއްވުން / ސޯޝަލް މީޑިއާ
ސިޔާސީ
ސާޖިދާގެ ކޮއްކޮ ގެންދަނީ ހައިސިއްޔަތެއް ނެތި ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވަމުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
23 ޖުލައި 2025
މާލެ ސިޓީ

ފަރސްޓު ލޭޑީ ސާޖިދާ މުހައްމަދުގެ ކޮއްކޯފުޅު ގެންދަވަނީ އެއްވެސް ހައިސިއްޔަތެއް ނެތި މުޅި ފުލުހުންގެ އިދާރާއަށް ނުފޫޒު ފޯރުވަމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން އާދިއްތަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގައި ހުރި ސީރިއަސް މައްސަލަތައް ފުލުހުންގެ އިދާރާއަށް ނުބެލޭ ކަމަށާ އޭގެ އެއް ކަމަކީ ފުލުހުންގެ މުއައްސަސާއަށް އަންނަ ނުފޫޒު ކަމަށެވެ.

އެގޮތުން އެތެރެއިންނާ ބޭރުން މުއައްސަސާއަށް އަންނަ ނުފޫޒުގެ ސަބަބުން ގައުމުގައި އިންސާފު ގާއިމުކުރުމުގައި ފުލުހުންގެ އިދާރާ ގިނަ ފަހަރު އޮންނަނީ ފަހަތު ފަޔަށް ބުރަވެފައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިހާރު ފުލުހުންގެ އިދާރާއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވަނީ ފަރސްޓު ލޭޑީ ސާޖިދާ މުހައްމަދުގެ ކޮއްކޮ އެއް ކަަމަށްވާ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަތީގުއްރަހުމާން ކަމަށެވެ.

އަތީގުގެ އުނދަގުލާ ނުފޫޒު ހޯމު މިނިސްޓަރަށް ވެސް ފޯރާ ކަމަށް އޭނާ ގެންދަނީ ފުލުހުންގެ ހުރިހާ ލެވެލްއަކަށް ވެސް ނުފޫޒުފޯރުވަމުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ގައުމުގައި އުޅެނީ ގަވަނެންސްގެ މައްސަލަ ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ޑޮލަރުގެ އަގުގެ މައްސަލަ ހައްލު ކުރުމުގައި ވެސް މި ސަރުކާރުން ފެއިލްވެފައިވާ ކަމަށާ މިހާރު ކުރަމުން ގެންދަނީ ޑޮލަރުގެ ބަޣާވާތެއް ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved