2013 އިން 2018 އަށް ގެނައި ތަރައްގީއަކީ އަދުގެ ރައީސް، ހައުސިން މިނިސްޓަރުކަމުގައި ހުންނަވާ ގެންނެވި ތަރައްގީ ކަމަށް ފަރސްޓު ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެފައިވާވުމަށް، އޭރުގެ ރައީސް އަދި ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ މާނަފުން ސުވާލެއް އަމާޒުކުރައްވައިފިއެވެ.
އާދިއްތަ ދުވަހުގެރޭ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގެ އޯޑިއަންސްގައި އިންނަވާ ރައީސް ޔާމީން ވަނީ 2013 އިން 2018 އަށް ހައުސިން މިނިސްޓަރުކަމުގައި ހުންނަވާ ރައީސް މުއިއްޒު، ރައްޔިތުންގެ ދެކެ އޮތް ލޯތްބެއްގެ ބޮޑުކަމުން ރައްޔިތުންނަށް ތަރައްގީއާ ތަމައްދު ގެނެސްދެއްވި ކަމަށް އަނބިކަނބަލުން ސާޖިދާ ދައުވާކުރައްވާއިރު، މިއަދު ހުރިހާ އާރަކާ ބާރެއް އޮވެމެ ދެ އަހަރުވެގެން ދިޔައިރުވެސް ތަރައްގީގެ އެންމެ ގާފަޅިއެއްވެސް ނުބޭއްވިގެން އެމަނިކުފާނަށް އުޅުއްވަނީ ކީއްވެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ މިއީ ކަސްކޮށް ހިނގާ ސަރުކާރެއް ކަމަށާ މި ސަރުކާރުގައި އެއްވެސް ރައްޔިތަކަށް އިންސާފު ލިބި ފަނޑިޔާރުގެތައްވެސް މިިނވަން ވެދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.