March 20, 2026
Advertisement
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން
ޕީއެންއެފްގެ ޖަލްސާގެ ތެރެއިން / ޝާވިން | ތޭރަ އިމޭޖްސް

ހުސެއިން ވިދާޅުވެ ދެއްވީ ރައީސް ޔާމީންގެ ސާބިތުކަން!

Mariyam Isaadha
މަރިޔަމް އިސާދާ
Mar 8, 2024, 06:04 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން ފިޔަވައި ވެރިކަމުގައި ހުންނަވަނިކޮށް ގިނަ އިމްތިހާންތަކަކާ ކުރިމަތިވެވަޑައިގެން، އެ އިމްތިހާނުތަކާ ސާބިތު ކަމާ އެކު ކުރިމަތި ލެއްވި ވެރިއަކު ނެތް ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް، އަދި ޕީޕަލްސް ނެޝަނަލް ފްރޮންޓު އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީންގެ ތާއީދާއެކު 20 ވަނަ މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންގެ ސިޔާސަތުތައް ހާމަކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ހުސެއިން ވަނީ ރައީސް ޔާމީން މަގާމުން އަޒުލު ކުރަން 12 މެމްބަރަކު އުޅުއްވިކަން ހަނދާނަށް ގެންނަވާފައެވެ.

ނަމަވެސް މަގާމުން އަޒުލުކޮށްފާނެ ކަމުގެ ބިރު ހީފުޅުވެވަޑައިގެން އެ މެމްބަރުން ގަންނަން ދައުލަތުގެ އެސްއޯއީތަކުން ޚަރަދުކޮށް ރިޝްވަތު ނުދެއްވާ ކަމަށާ 17 ފަހަރަކު ރައީސް ޔާމީންގެ ސަރުކާރު ބަލިކަށިކޮށްލަން އޭރުގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކުރިކަން ހުސެއިން ފާހަގަކުރެއެްވިއެވެ.

އަޅުަގޑުމެންނނަށް ފެނުނު ރައީސް ޔާމީންގެ ވެރިކަމުގައި ބަޔަކު އަޑީގައި ތިބެގެން 12 މެމްބަރަކު އުޅުނު މަންޒަރު. އެހެންނަމަވެސް އެކި އެކި އުނ ދަގޫ ތަކާ ކުރިމަތިވެވަޑައިގެންނެވިއިރު ވެސް ރައީސް ޔާމީންގެ ސާބިތުކަމަށް ބަދަލެއް ނާދޭ. 17 ފަހަރަކު ރައީސް ޔާމީންގެ ވެރިކަން ބަލިކަށިކޮށްލަން އެކި އެކި ހަމަލާތައް ރޭވި.

ހުސެއިން

ހުސެެއިން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ފުރާނަފުޅު ދުއްވާލަން ޓެރަރިޒަމްގެ ހަމަލާއެއް ދީފައިވެއެވެ. ވެރިކަން ވައްޓަލަން ސުޕްރީމު ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދީ ބަޣާވާތްކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved