March 19, 2026
Advertisement
.
. / ތޭރަގްރެފިކްސް

ޖަންގިޔާ ނާޒިމަކީ މުއިއްޒު ކައިރި ކުރަން ހެޔޮވާވަރުގެ މީހެއް ނޫން: މަލީހް

Yana Shareef
ޔާނާ ޝަރީފް
Feb 1, 2026, 03:42 AM

ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމަކީ ރައީސް މުހައްމަދު މުއިއްޒު ކައިރި ކުރަން ހެޔޮވާވަރުގެ ބޭފުޅެއް ނޫންކަމަށް ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރި ޕޯސްޓެއްްގައެވެ.

މަލީހު ވިދާޅުވީ ޕީއެންސީގެ އެންމެ ބޮޑު ލައިބަލިޓީ އަކީ ޖަންގިޔާ ނާޒިމްކަމަށެވެ. ނާޒިމަކީ ރައީސް މުއިއްޒު ކައިރި ކުރަން ހެޔޮ ވާވަރުގެ މީހެއް ނޫންކަމަށާއި މުއިއްޒަށް އެެންމެ ބޮޑު ގެއްލުމެއް ވެސް ދޭނީ ހަމަ ނާޒިމް ކަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

ނާޒިމަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މެމްބަރެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އަބްދުއްރަހީމަށްވުރެ ބޮޑަށް މެމްބަރުންނަށް އަމުރު ހިންގަނީ ނާޒިމެވެ. ނާޒިމް މުޅި ދައުލަތަށް ބާރު ފޯރުވަން މަސައްކަތް ކުރާކަމަށް ގިނަ ބަޔުަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

މީގެ ކުރިން ވެސް ނާޒިމަކީ ސިޔާސީ ދާއިރާގައި ރައްޔިތުންގެ އިތުބާރު ގެއްލުވާލައިފައިވާ ފަރާތެއްކަމަށް މަލީހުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved