March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަގްރެފިކްސް

ރައީސް ޔާމީންގެ ސުވާލެއް: ރިޝްވަތަކީ ހަމައެކަނި މާއްދީ އެއްޗެއް ގަބޫލުކުރުންތޯ

Mariyam Isaadha
މަރިޔަމް އިސާދާ
Feb 1, 2026, 04:07 AM
މާލެ ސިޓީ

އިސްލާމް ދީނުގައި ރިޝްވަތު ގަބޫލުކުރުމަކީ ހަމައެކަނި މާއްދީ އެއްޗެއްގެ ގަބޫލުކޮށް އެ އެއްޗެގައި ހިފުންތޯ އައްސަވާ ރިޝްވަތު ހިފުމާ، ދިނުމާ ގުޅުވާ ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީންގެ ސުވާލެއް އަމާޒުކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދަ މުހިއްމު، މާނަފުން ސުވާލެއް އަމާޒުކުރައްވާފައިވަނީ އާދިއްތަ ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement



ރައީސް ޔާމީން ވަނީ އެމަނިކުފާނާ ދެކޮޅަށް ހުކުމް ނެރެދިން ހުރިހާ ފަނޑިޔާރުންނަށްވެސް އެކި މަރުހަލާތަކުގައި ވަޒީފާގެ ކުރިއެރުމާ އަދި ރިޓަޔަރމަންޓު ލިބުނުއިރުވެސް މައުނަވީ މަންފާތަކެއް ހިމެނޭކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ގާޒީ އަހުމަދު ޝަކީލަށް ލިބުނު ވަޒީފާގެ ކުރިއެރުމާ ގާޒީ އަލީ ރަޝީދަށް ލިބުނު މަގާމުގެ ކުރިއެރުމާ ފަނޑިޠާރު މުއުތަސިމް އަދުނާނަށް ރިޓާޔާމަންޓު ޕެކޭޖުގެ ގޮތުގައި ލިބުނު އަދަދުވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކަންކަމަކީ އެމަނިކުފާނާ ދެކޮޅަށް ހުކުމް ނެރެދިނުމުން އެ ބޭބޭފުޅުންނަށް ލިބުނު "ހަދިޔާ"އެއްގެ ގޮތުގައި ވެސް ރައީސް ޔާމީން ސިފަކުރައްވާފައިވެއެވެ.



އެހުރިހާ ކަމަކަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ ގާނޫނީ ބޭފުޅުންނަށް ސުވާލެއް އަމާޒުކުރައްވާފައެވެ. އެގޮތުން ރިޝްވަތު ހިފި ކަމަށް ނުވަތަ ނުވަތަ ގަބޫލުކުރިކަމަށްވާނީ ހަމައެކަނި ފައިސާގައި ހިފުމުންތޯ އައްސަވާ ރައީސް ޔާމީން ވަނީ ވަރުގަދަ ސުވާލެއް އަމާޒުކުރައްވާފައެވެ.



ރައީސް ޔާމީން ވަނީ މިއަދު ޕީޖީގެ މަގާމުގެ ހުންނެވި އައްބާސް ޝަރީފަކީވެސް އެފަދަ ގޮތަކަށް މަގާމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އަދި އައްބާސްގެ ޕީޖީކަމުގައި އިންސާފުން ކަންކަން ހިނގާނެ ކަމާ މެދު ސުވާލު އުފައްދަވާފައި ވެސް ވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved