theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ޕާކިސްތާން ޓުޑޭ
ދުނިޔެ
މޯދީ އާއި ޖެފްރީ އެޕްސްޓައިންއާ ގުޅުން އޮތް ކަމަށް ބުނާ އީމެއިލްތަކެއް ފެންމަތިވެއްޖެ
Aiminath Zawjah
އައިމިނަތް ޒަޢުޖާ
01 ފެބްރުއަރީ 2026
މާލެ ސިޓީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ޖިންސީ ކުށްތަކެއް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓައިންއާ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ބުނާ އީމެއިލްތަކެއްގެ މައުލޫމާތު ފެންމަތިވެ، ބޮޑެތި ތުހުމަތުތަކެއް ކުރެވެން ފަށައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ފޮނުވާފައިވާ އީމެއިލްއެއްގައި، އެ އަހަރުގެ ޖުލައި 4 އިން 6 އަށް މޯދީ އިޒްރޭލަށް ކުރި ރަސްމީ ދަތުރުފުޅާ ގުޅޭ ވާހަކަތަކެއް ވަނީ ހިމަނާފައެވެ. އެ އީމެއިލްގައި ބުނެފައިވަނީ، "އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ އެމެރިކާގެ ރައީސްގެ ފައިދާއަށް އިސްރާއީލުގައި ނަސޭހަތްތެރިވެ، ނަށައި ލަވަކިޔާފައި" ކަމަށެވެ. މި މެސެޖު ފޮނުވާފައިވަނީ މޯދީގެ އިޒްރޭލް ދަތުރުފުޅު ނިންމަވާލެއްވިތާ މާގިނަ ދުވަހެއް ނުވަނީހެވެ.

މީގެ އިތުރުން، ޖޫން 2017 ގައި ވޮޝިންޓަންގައި އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު މޯދީ ބޭއްވި ބައްދަލުވުންތަކަށް ވެސް މި ތުހުމަތުތަކުގައި އިޝާރާތްކޮށްފައިވެއެވެ.

ނަމަވެސް، މިހާތަނަށް ބެލި ބެލުމުން ނަރެންދުރަ މޯދީ ދުވަހަކުވެސް ޖެފްރީ އެޕްސްޓައިންއާ ބައްދަލުކޮށް، މުއާމަލާތްކޮށް، ނުވަތަ އެއްވެސް ކަމެއްގައި މަޝްވަރާ ހޯދާފައިވާކަން އެއްވެސް ރަސްމީ ރެކޯޑަކުން ނުވަތަ ސަރުކާރުގެ ލިޔެކިޔުމަކުން ސާބިތެއް ނުވެއެވެ. އެޕްސްޓައިންގެ އެއްވެސް ރަސްމީ ޑިޕްލޮމެޓިކް ދައުރެއް އޮތްކަން އެނގިފައި ނުވާއިރު، އިންޑިއާ ނުވަތަ އެމެރިކާ ސަރުކާރުގެ އެއްވެސް ލިޔެކިޔުމެއްގައި އޭނާގެ ނަން ފާހަގަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާ ސަރުކާރަށާއި މޯދީއަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

މިވަގުތާ ހަމައަށް އެއްވެސް ތަހުގީގީ އިދާރާއަކުން ބޮޑުވަޒީރު މޯދީ އާއި އެޕްސްޓައިންއާ ދެމެދު ރަސްމީ އެއްވެސް ގުޅުމެއް އޮތްކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved