March 21, 2026
Advertisement
އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިންޑިއާގެ ބޮޑުވަޒީރު މޯދީ / އިންޑިއަން އެކްސްޕްރެސް

މޯދީގެ އެޕްސްޓައިންގެ ފައިލްއާ ގުޅޭ ދައުވާތައް އިންޑިއާއިން ދޮގުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 1, 2026, 11:12 PM

ދާދި ފަހުން އާންމުކުރި އެޕްސްޓައިން ފައިލްތަކާ ގުޅިފައިވާ ކަމަށް ބުނާ އީމެއިލްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކޮށްފައިވާ ދައުވާތައް ދޮގުކޮށް އެއީ އަސާސެއް ނެތް ދައުވާތަކެއް ކަމަަށާއި އެއީ ބޮޑުވަޒީރަށް ކުރެވޭ ފުރައްސާރައެއް ކަމަށް އިންޑިއާއިން ބުނެފިއެވެ.

Advertisement

މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް (އެމްއީއޭ) އިން ބުނީ އެ ފަދަ ވާހަކަ ދެއްކުމަކީ އެެއްވެސް ވަރަކަށް ބަލައިނުގަނެވޭނެ ކަމެއް ކަމަށާއި އެފަދަ ވާހަކަތައް ސީދާ ބާތިލް ކުރަން ޖެހޭ ކަމަށެވެ.

މި ދައުއްވާތައް ލިބިފައި ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބަދުނާމުވެފައިވާ ޖެފްރީ އެޕްސްޓައިންއާ ގުޅޭ ތަހުގީގާ ގުޅުން ހުރި ލިޔެކިޔުންތަކެއް އާންމު ކުރުމުންނެވެ. އެ ލިޔެކިޔުންތަކަކީ އެމެރިކާގައި އާ ޓްރާންސްޕޭރެންސީ ގާނޫނެއްގެ ދަށުން އާންމުކޮށްފައިވާ އެތައް މިލިއަން ޞަފްޙާއެއްގެ ރެކޯޑްތަކާއި ވީޑިއޯތަކާއި ތަސްވީރުތަކެވެ.

އެމްއީއޭގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ އެ އީމެއިލްއެއްގައި މޯދީގެ ނަން ފާހަގަ ކުރުމަކީ "ކުށްވެރިވެފައިވާ ކުށްވެރިއެއްގެ ބޮޑު ރޭވުންގަނޑެއް" ކަމަށެވެ.

"އެޕްސްޓައިން ފައިލްތަކުން ބޮޑުވަޒީރު އިސްރާއީލަށް ކުރެއްވި ދަތުރުފުޅަށް ރިފަރެންސް ކޮށްފައިވާ އީމެއިލް މެސެޖެއްގެ ރިޕޯޓްތައް އަޅުގަނޑުމެންނަށް ފެނިފައިވޭ،" ޖައިސްވާލް ނެރުނު ވީޑިއޯ ބަޔާނެއްގައި ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved