theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
މުއިއްޒަށް އެނގެނީ ވިއްކުމާ ވައްކަމާ: ޑރ ޖަމީލު
Mariyam Isaadha
މަރިޔަމް އިސާދާ
01 ފެބްރުއަރީ 2026
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒަށް އެނގޭނީ ވިއްކަންށާ ވައްކަން ކުރަން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ވެސް ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލު މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ގައުމުގެ ހާލަތު މިހާރު އޮތް ގޮތުން ރަގަޅަ ހާލަތަކަށް ބަދަލުކުރަން ނުކުންނަން ޖެހެނީ ރައްޔިތުން ކަމަށާ އެ ފަދަބަދަލެއް ކައުންސިލް އިންތިހާބުގައި ދައްކާ ސަރުކާރަށް މެސެޖެއް ދޭން ޖެހޭ ކަމަށް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު ވިދާޅުވީ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ނުކުމެ ތިބި މީހުންގެ ތެރެއިން، ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިަޔްނދު ހޮވަން ޖެހެނީ ދެން ތިބި މީހުން ކުރެ ކޮންމެ މީހަކު ހޮވުނު ނަމަވެސް ނަތީޖާ ނުކުންނާނީ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޮވާ ވެރިކަމަށް ގެނައުމުން މިހާރު މިއުޅޭ ހާލަތު ކަމަށްވުމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ ޖަމީލު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒަކީ ނަތީޖާ ނެރެދެވޭ ރައީސެއް ނޫން ކަމަށް އެމަނިކުފާނަށް އެގިވަޑައިގަންނަވަނީ ދެކަމެއް ކުރަން ކަމަށެވެ. އެއީ ގައުމުގެ ހަރު މުދާ ވިއްކުމާ ދޮގު ހެދުން ކަމަށްވެސް ޑރ ޖަމީލު ވަނީ ވިދާޅުވެފައެވެ.

ޑރ ޖަމީލު ވަނީ އަވައްޓެރި ގައުމުތަކުގެ ކައިރި މާޒީއިން އިބްރަތް ހާސިލްކުރަން ދިވެހިން ޖެހޭ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved