
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމައެއް ފަށަން ބޭނުން ނުވާކަމަށް އެމެރިކާގެ އިސް އޮފިޝަލުން ހާމަކޮށްފިއެވެ. އެކްސިއޯސް ނޫހަށް މައުލޫމާތު ދިން އޮފިޝަލުން ބުނި ގޮތުގައި، ސަހްޔޫނީ ސަރުކާރުން ދަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަށް އެމެރިކާއަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.
ނަމަވެސް، ޓްރަމްޕްގެ ވިސްނުންފުޅު ހުރީ އަސްކަރީ ކުރިމަތިލުމަކަށް ދިއުމުގެ ބަދަލުގައި އެހެން ގޮތްގޮތުން އީރާނަށް ފިއްތުންތައް ކުރިމަތިކުރުވުމަށެވެ. އޮފިޝަލުން ބުނާ ގޮތުގައި، މިހާތަނަށް އެއްވެސް ފަރާތަކަށް ޓްރަމްޕް ހަނގުރާމައަކަށް އެއްބަސްކުރުވުމުގައި ކާމިޔާބެއް ނުވެއެވެ.
ކުރިން އީރާނުގައި ހިނގި އާންމު މުޒާހަރާތަކާއި ހަޅުތާލުތަކަށް ޓްރަމްޕް ތާއީދުކުރެއްވި ނަމަވެސް، މިހާރު އޭނާ ގަބޫލުކުރައްވަނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމަކީ ބޮޑު ގޯހަކަށް ވާނެ ކަމަށެވެ. މިއީ ސަހްޔޫނީން މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ފުޅާކުރަން ކުރާ މަސައްކަތަށް އެޅުނު ހުރަހެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.
އިސްރާއީލުގެ އަނިޔާވެރި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެމެރިކާ މެދުވެރިކޮށް ސަރަހައްދީ ހަމަޖެހުން ނަގާލުމަށެވެ. އެހެންނަމަވެސް، ޓްރަމްޕްގެ މި ނިންމުމުގެ ސަބަބުން ސަހްޔޫނީންގެ ރޭވުންތަކަށް ވަނީ މަޑުޖެހުމެއް އައިސްފައެވެ.










