May 27, 2026
Advertisement
މާލެ ސިޓީ ކައުންސިލް / އާންމު ހިދުމައްތަކާއިބެހޭބައި
މާލެ ސިޓީ ކައުންސިލް / އާންމު ހިދުމައްތަކާއިބެހޭބައި / ތޭރަ އޮންލައިން

ގޭބިސީތަކަށް ކާޑުގެ ބާވަތްތައް ބަހަން ފަށައިފި

Aishath Naja
އައިޝަތު ނަޖާ
Mar 9, 2024, 05:20 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ކުރިއަށް އޮތް ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ހަނޑުލާއި ފުށް މާލޭގައި މިއަދު ބަހަން ފަށައިފި އެވެ.

Advertisement

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި ސަރުކާރުގެ ރޯދަ ހަދިޔާ ދޫކުރާނީ ކޮންމެ ކަރަންޓް މީޓަރުގެ ނަންބަރަކަށް ކަމަށާއި ހަދިޔާއާ ހަވާލުވާން ދާއިރު މީޓަރު ނަންބަރު ދައްކަން ޖެހޭނެކަމަށެވެ.

ހަދިޔާ ބަލާ ދާން ޖެހޭނީ ދިވެއްސަކު ކަމަށް ވެސް ކައުންސިލުން ބުންޏެވެ. ހަނޑޫ އަދި ފުށް ބަލާ ދާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންދަން ޖެހެއެވެ.

މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ:

- ހެނދުނު 10:00 އިން ހަވީރު 4:00 އަށް

- ރޭގަނޑު 8:30 އިން 11:00 އަށް

ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ:

- ހެނދުނު 9:30އިން މެނދުރު 1:00 އަށް

- ރޭގަނޑު 9:00 އިން 11:00 އަށް

މާލޭ ސަރަހައްދުން ކާޑުގެ ބާވަތްތައް ބަހަން ހަމަޖެހިފައިވަނީ ހަ ސަރަހައްދަކުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved