ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ކެންޑިޑޭޓުންގެ ނަންބަރު ތަރުތީބުކޮށް، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީ މި ހަފުތާގެ ބުރާސްފަތި ދުވަހުއެވެ.
ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް ބުރާސްފަތި ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް އީސީއިން ހާމަކޮށްފައިވެއެވެ.
އީސީއިން ވަނީ އިންތިހާބާ ގުޅޭ ޝަކުވާތައް ބަލައިގަތުމަށް ގައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމުކޮށްފައެވެ. އެ ބިއުރޯއަށް މިހާތަނަށް ހަތަރު ޝަކުވާ ހުށަހަޅާފައިވާ އިރު، އެ ޝަކުވާތަކުގެ ޖަވާބުވެސް ކޮމިޝަނުން ވަނީ ދީފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރުމަށް 2،994 ކެންޑިޑޭޓުން ފޯމު ޝަރުތު ހަމަވާ ކަނޑައަޅާ އީސީއިން ވަނީ ކެންޑިޑޭންސީ ބަަލއިގަނެފައެވެ.
އަންނަ އެޕްރިލް މަހު ބާއްވާ މި އިންތިހާބުގެ ވޯޓުލުން އޮންނާނީ 4 ވާ ހޮނިހިރު ދުވަހުއެވެ. ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުން އިންތިޚާބު ކުރާނެއެވެ.
މި އިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ.