ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ރައީސް މުއިއްޒު ވިދާޅުވަމުން އައި ވާހަކަތައް މިހާރު އެއްވެސް ވަރަކަށް ވިދާޅު ނުވާކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.
ހުސައިން މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި ސިލްސިލާ ގޮތެއްގައި މިހާރު ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންެނެވެ.
އަދުގެ ރައީސް މުއިއްޒު ވެރިކަމަށް އައީ ދެތިން ހަތަރު ވާހަކައެއް ދައްކަވައިގެން ކަމަށާއި އޭގެ ތެރޭގައި ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ގިނަވެފައިވާތީ އެމީހުން ބާލާނެކަމަށް ވިދާޅުވަމުން ކަމަށް ހުސައިން ވަނީ ވިދާޅުވެފައެވެ.
އޭގެެއިތުރުން ކުރީ ސަރުކާރުން ހަދާފައިވާ ގޮތް ނޭނގޭ ސިއްރު އެއްބަސްވުންތައް ހާމަކޮށްދިނުމަށް ރައްޔިތުން ގޮވާލާފައިވާއިރު ރައީސް މުއިއްޒަށް އަދިވެސް އެކަން ކުރެވިފައިނުވާކަން ހުސައިން ގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ ދެކުނުން ގެއްލިގެން ދިޔަ ކަނޑު އަނބުރާ ހޯދައިދެއްވާނެ ކަމަށާއި ނުހައްގުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ރައީސް ޔާމީން ގެންދަވާތީ އެމަނިކުފާނު މިނިވަން ކޮށްދެއްވާނެ ވާހަކަތަކަކީ އޭރުގައި އަދުގެ ރައީސް ދެއްކެވި ވާހަކަތަކެއް ކަމަށް ހުސައިން ވަނީ ވިދާޅުވެފައެވެ.
ދެން އެހެން ނަމަވެސް އަޅުގަނޑުމެންނަށް މިހާ ހިސާބުން މި އެނގުނު އެއް ކަމަކީ އޭރުގައި ވިދާޅުވީ ހުރިހާ ވާހަކައަކަށް މިއަދު ޗުކިއް ކިޔައިފިކަން އޭރުގައި ދެއްކި ވާހަކަތައް މިއަދު ދައްކާކަށް ހަނދާނެއް ވެސް ނެތް. އެ ވާހަކަތައް ދައްކާކަަށް ބޭނުމެއްވެސް ނެތްކަން.
ހުސައިން އިތުރަށް ވިދާޅުވީ ރައިސް މުއިއްޒު ރަށްރަށަށް އަރައި ވަޑައިގެން ވަމުންދާ ވައުދުތަކަކީ ކުރިޔަށް އޮތް ފަސް އަހަރުގެ ބަޖަޓްގައި ތަން ނުދޭނެ ވަރުގެ ވައުދުތަކެއް ކަމަށެވެ،.
އޭގެއިތުރުންވެސް ހުސައިން ވަހީދު ވިދާޅުވީ މިހާރު އަނެއްކާވެސް މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު އުޅުއްވަނީ އެފަދައިން ވައުދުތައް ވުމުގައި ކަމަށެވެ.