April 4, 2026
Advertisement
.
. / ރައީސް އޮފިސް

ގަދަކަމުން "ބްރިޓިޝް އެކްސެންޓު" ނެރެގެން ވާހަކަދެއްކެވުމުން ރައީސް މުއިއްޒަށް ޖޯކު ޖަހަނީ

Yana Shareef
ޔާނާ ޝަރީފް
Feb 13, 2026, 04:14 AM

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެެ ގައުމުގެ ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީގައި ތަގްރީރުކުރެއްވި އިރު ގަދަކަމުން ބްރިޓީޝް އެކްސެންޓަށް ވާހަކަދެއްކެވުން ގިނަ ބަޔަކު ޖޯކުޖަހަން ފަށައިފިއެވެ.

Advertisement

ރައީސް މުއިއްޒު ބްރިޓިޝް އެކްސެންޓެއް ނުވަތަ އިނގިރޭސި ރާގަކަށް ވާހަކަދައްކަވަން މަސައްކަތް ކުރެއްވި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުމާއި މަލާމާތް އެމަނިކުފާނަށް އަމާޒުކޮށްފައިވަނީ އެކްސްގައެވެ.

އެކްސްގައި ބދައުރުވަމުންދާ ވީޑިއޯ ކްލިޕްތަކަށް ކޮމެންޓު ކުރި ބައެއް މީހުން ބުނެފައިވަނީ، ރައީސްގެ ވާހަކަދެއްކެވުމުގެ ރާގު ހުރީ ވަރަށް "މަސްނޫއީ" ގޮތަކަށް ކަމަށާއި، އެއީ ގަސްދުގައި އެހެން ބަޔަކު ނަކަލުކުރަން އުޅުންކަމަށެވެ. ހާއްސަކޮށް، ބައެއް ލަފުޒުތައް ކިޔުއްވުމުގައި ގެންގުޅުއްވި އާދަޔާ ހިލާފު ރާގުގެ ސަބަބުން، މިއީ ހަގީގީ ދިވެހި ލީޑަރެއްގެ ސިފައަށްވުރެ ބޮޑަށް "ދެއްކުންތެރި" ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވެއެވެ.

އެހެން ނަމަވެސް، މިއީ އެމަނިކުފާނު އިނގިރޭސިވިލާތުން މަތީ ތައުލީމު ހާސިލުކުރެއްވުމުގެ ސަބަބުން ހުރި އަސަރެއް ކަމަށް ބުނެ ސަޕޯޓަރުން ދިފާއުކުރި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދެކޭގޮތުގައި މިއީ ބޭރުގެ ގައުމުތަކުގެ ކުރިމަތީގައި މާ ބޮޑު "ހައިބަތެއް" ދައްކަން އުޅުމުގެ ތެރެއިން އައިސްފައިވާ އުނިކަމެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved