April 30, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އީރާނުން އަމިއްލައަށް އުފެއްދި "ޗަމްރާން-1" ސެޓެލައިޓް ކާމިޔާބުކަމާއެކު ފޮނުވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 13, 2026, 05:27 PM
މާލެ ސިޓީ

އީރާނުގެ ޖައްވީ ޕްރޮގްރާމްގެ ދަށުން އެގައުމުން އަމިއްލައަށް ފަރުމާކޮށް އުފެއްދި "ޗަމްރާން-1" ރިސާޗް ސެޓެލައިޓް ކާމިޔާބުކަމާއެކު އޯބިޓަށް ފޮނުވާލައިފިއެވެ.

Advertisement

މި ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވަނީ އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުންގެ ފައުޖުން ތަރައްގީކޮށްފައިވާ "ގާއިމް-100" ރޮކެޓް ބޭނުންކޮށްގެންނެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސެޓެލައިޓް މިހާރު ވަނީ ބިމުން ފެށިގެން 550 ކިލޯމީޓަރު މަތީގައިވާ އޯބިޓަށް ކާމިޔާބުކަމާއެކު ފޯރާފައެވެ.

އީރާނުގެ އޮފިޝަލުން ހާމަކުރެއްވި ގޮތުގައި، ގާތްގަނޑަކަށް 60 ކިލޯގްރާމްގެ ބަރުދަން ހުރި މި ސެޓެލައިޓްގެ މައިގަނޑު ބޭނުމަކީ ހާޑްވެއާ އަދި ސޮފްޓްވެއާ ސިސްޓަމްތައް ޓެސްޓްކުރުމާއި، އޯބިޓަލް މެނޫވަރިން ޓެކްނޮލޮޖީ ތަރައްގީކުރުމެވެ. މީގެ އިތުރުން، މިއީ އެގައުމުގެ ޖައްވީ އަދި ސެޓެލައިޓް ތަރައްގީކުރުމުގެ ޕްރޮގްރާމްގައި ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޮފިޝަލުން ސިފަކުރައްވައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުރިއަށްދިޔަ މި މިޝަނަކީ އީރާނުން މި އަހަރުގެ ތެރޭގައި ޖައްވަށް ސެޓެލައިޓް ފޮނުވުމަށް ހިންގި ދެވަނަ ކާމިޔާބު ހަރަކާތެވެ. ހުޅަނގުގެ ބައެއް ގައުމުތަކުން އީރާނުގެ މިފަދަ ހަރަކާތްތަކާ މެދު ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އީރާނުން ބުނަމުންދަނީ އެގައުމުގެ ޖައްވީ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށާއި ސައިންޓިފިކް ދިރާސާތަކަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved