March 23, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ބޯޓުތަކުން އީރާނަށް ޗައިނީސް ޔުއާން އިން ފައިސާ ދައްކަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Mar 22, 2026, 04:46 PM
މާލެ ސިޓީ

ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ ޖަޕާނުގެ އުޅަނދުފަހަރަށް އެއްވެސް ހުރަހެއްނެތި ދަތުރުކުރުމުގެ ފުރުސަތު ހޯދުމަށްޓަކައި، އީރާނަށް ޗައިނާގެ ފައިސާ ކަމަށްވާ 'ޔުއާން' އިން ފައިސާ ދެއްކުމަށް ޖަޕާނުން އެއްބަސްވެއްޖެއެވެ.

Advertisement

މި ނިންމުމަކީ މެދުއިރުމަތީގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ވިޔަފާރި މުދާ އުފުލާ ބޯޓުފަހަރަށް ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، ހުރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މުހިންމު ސަރަހައްދަކަށް ވުމާއެކު، އެ ސަރަހައްދުގެ ނުފޫޒު ގަދަ އީރާނާއެކު މިފަދަ އެއްބަސްވުމަކަށް އައީ ދަތުރުފަތުރުގެ ރައްކާތެރިކަމަށްޓަކައެވެ.

މި ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރަން ބޭނުންވާ އެހެން ގައުމުތަކުންވެސް، އީރާނަށް ފައިސާ ދެއްކުމުގައި ޗައިނާ ޔުއާން ބޭނުންކުރަން ޖެހިދާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިއީ ބައިނަލްއަގުވާމީ ވިޔަފާރީގައި އެމެރިކާ ޑޮލަރަށް އޮތް ބަރޯސާ ކުޑަކޮށް، ޔުއާންގެ ދައުރު ބޮޑުވެގެންދާނެ ކަމެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ.

މި އެއްބަސްވުމުގެ ސަބަބުން ޖަޕާނުގެ މުދާ އުފުލާ ބޯޓުތަކަށް އެއްވެސް ބިރުވެރިކަމެއް ނެތި އެ ސަރަހައްދުން ދަތުރުކުރުމުގެ މަގު ފަހިވެގެންދާނެއެވެ. އީރާނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ އެގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން އެހެން މަގުތައް ހޯދުމުގެ ބޭނުމުގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved