April 4, 2026
Advertisement
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ
ޕީއެންއެފް ޖަލްސާގައި މަލީހު ވާހަކަ ދައްކަވަނީ / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

10،000 ޑޮލަރުގެ "ޓައިމްސް" އެވޯޑު: މުއިއްޒަށް މާ ބޮޑަށް ހައްގީ ފޫޅުމައިކަން ކަމަށް ބުނެ މަލީހްގެ ފާޑުކިއުން

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Feb 13, 2026, 07:51 PM
މާލެ ސިޓީ

އެމެރިކާގެ ޓައިމް މެގަޒިންއިން ހޮވި ސިއްހީ ދާއިރާގެ ނުފޫޒުގަދަ 100 ބޭފުޅުންގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ހިމެނުމާ ގުޅިގެން، ޕީއެންއެފްގެ ސެކްރަޓަރީ ޖެނެރަލް މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހް ކުރެއްވި ޓްވީޓެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، މިއީ 10،000 ޑޮލަރު ދައްކައިގެން ހޯދާފައިވާ މަގާމެކެވެ. އަދި މި ފައިސާ ދެއްކީ ކޮން މިނިސްޓްރީއަކުންކަން ކުރިއަށް އޮތް ތަނުގައި ތިލަވާނެ ކަމަށް ވިދާޅުވިއެވެ. މަލީހް ވިދާޅުވީ ރައީސް މުއިއްޒަށް މި ދާއިރާއިން އެވޯޑެއް ހައްގުވާނަމަ، އެންމެ ބޮޑަށް ހައްގީ "ފޫޅުމައިކަމުގެ" ދާއިރާއިން ކަމަށެވެ.

ރައީސްގެ އަރިސް ބޭފުޅުންނަށް އިޝާރާތް ކުރައްވައި މަލީހް ވިދާޅުވީ، ރައީސްގެ "ބޮލަށް ޗިޕް ޖަހައިގެން" މިފަދަ ކަންކަން ކުރުވަނީ ވަރަށް ފަސޭހައިން ކަމަށެވެ. އަދި ވިޔަފާރިވެރިޔާ ޖަނާ ކައިރީ ބުނިނަމަ ކޮންސްޓްރަކްޝަން ދާއިރާއިންވެސް އެވޯޑެއް ހޯދައިދިނީސް ކަމަށް ވިދާޅުވެ މަލީހް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި އެވޯޑަކީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ހޯދި އެއްޗެއްކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރަމުންދާއިރު، ސަރުކާރުން ދަނީ މިއީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ސިޔާސަތުތަކަށް ލިބުނު ބައިނަލްއަގުވާމީ ކުރިއެރުމެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved