April 11, 2026
Advertisement
ކެބިނެޓް މީޓިންއެއް ކުރިއަށް ދަނީ
ކެބިނެޓް މީޓިންއެއް ކުރިއަށް ދަނީ / ރައީސް އޮފިސް

ވެރިކަމަށް ދެ އަހަރު ފަހުން ޗާގޯސްގެ ވާހަކަ މުއިއްޒު ދެއްކެވީ ދަޅަ ދައްކަން: ރައީސް ޔާމީން

Yana Shareef
ޔާނާ ޝަރީފް
Feb 13, 2026, 11:35 PM

މި ސަރުކާރަށް ދެ އަހަރު ވީއިރު ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި އަނެއްކާވެސް އެ ވާހަކަ ރައީސް މުހައްމަދު މުއިއްޒު ދެއްކެވީ ރައްޔިތުންނަށް "ދަޅަ ދައްކަން" ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ ބުރާސްފަތު ދުވަހުގެ ރޭ ޕީއެންއެފް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގައި ރައީސް ޔާމީން ވަނީ މިދިޔަ ހަފްތާގައި ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ފޯޅަވައްސާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅަށް ފާޑުވިދާޅުވެފައެވެ.

ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ފޯޅަވަހީގެ މައްސަލާގައި މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އިޓްލޮސްގެ ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދެކުނުން ދޫކޮށްލި ކަމަށް ބުނާ ސަރަހައްދާ އެކު 200 މޭލުން ފެށިގެން ކަމަށް ބަޔާން ކުރުމަށް ގާނޫނަށް އިސްލާހު ގެންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މި ވާހަކަތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ކުރީކޮޅު ފާޑުކިޔުންތައް އަމާޒުވުމުން އޭރު އެކަމަށް ކޮމިޓީއެއް އެކުލަވާލައި މަސައްކަތް ފެށި ނަމަވެސް އެކަށީގެންވާ މަސައްކަތެއްކޮށްފައެއް ނުވާކަމަށެވެ. އަނެއްކާ ކޮމިޝަނެއް ހަދާތީ އެކަމަށް ރައީސް ޔާމީން ވަނީ ފާޑު ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved