
އެހެން މީހުންނަށް ލާދީނީއަށް ގޮވާއިރު، ސަމޯއާ އެގްރިމަންޓުއިން އެކަނިވެސް މި ސަރުކާރަށް ލާދީނީ އޯކޭވަރު ހާމަވާ ކަމަށް ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ ޖަމީލު ވަނީ މި ސަރުކާރުން އެމްޑީޕީއަކީ ޅާދީނީ ވެރިންތަކެއް ތިބި ޕާޓީއެއްގެ ގޮތުގައި ބުނަމުންދާ ދިއުމަށް ނަޒަރު ހިންގާލައްވާ ވާހަކަ ދައްކަވާފައެވެ.
އެމަނިކުފާނު ވިދާޅުވީ، ޕީއެންސީގެ މަޖްލިސް މެމްބަރުން މިއަދު ވާދަވެރިންނަށް ނިސްބަތްކޮށް ލާދީނީ ޓެގް އަޅުވަން މަސައްކަތް ކުރުމަކީ ރައީސް މުހައްމަދު މުއިއްޒުއާ ޕީއެންސީގެ މެމްބަރުންނާ މެދު އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް އެތައް ކަމެއް ފޮރުވަން ކުރާ މަސައްކަތެއްގެ ގޮތުގައި ފެންނަ ކަމަށެވެ.
ސަމޯއާ އެއްބަސްވުން އެކަނިވެސް ޕީއެންސީއަށް ލާދީނީ އޯކޭ ވެއްޖެކަން ސާބިތުކުރެވޭ ކަމަށާ އެންމެ ބޮޑު ލާދީނީ އަމަލުތަކުގެ ތެރޭގައި ވައްކަން ކުރުމާ، ކޮރަޕްޝަނާ ރިޝްވަތު ހިމެނޭ ކަމަށް ވެސް ރ ޖަމީލު ވިދާޅުވެފައިވެއެވެ.
މިއަދު ރައީސް މުއިއްޒަށާ ޕީއެންސީގެ ޕީޖީ ލީޑަރާ، ބާރަށު މައިކު ޝުޖާއާ، މާލީ ވަޒީރު ޒަމީރާ އެތައް ބަޔަކަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވޭއިރު އެއީ ލާދީނީ އަމަލުތައްކަން ފާހަގަކުރައްވާ ޑރ ޖަމީލު ލިޔުއްވާފައިވަނީ، މުޅި ގައުމު ފައިސާއާ ވަޒީފާގެ ރިޝްވަތުން މުއިއްޒާ ޕީއެންސީ ފަސާދަ ކުރަމުންދާ ކަމުގެ ތުހުމަތު އެބައޮތް ކަމަށެވެ. އެފަދަ ކަންކަމަކީ ވެސް ލާދީނީ އަމަލުތައްކަން ތަކުރާރުކޮށް ފާހަގަކުރައްވާ ޕޯސްޓު ނިންމަވާލައްވަމުން ޑރ ޖަމީލު ވިދާޅުވެފައިވަނީ މެދުކެނޑުމެއްނެތި ރައީސް މުއިއްޒު ހަދަމުންދާ ދޮގުތަކާ، ރައީސް އަބްދުﷲ ޔާމީނުގެ ހުސްގޮނޑިއަށްވި ޚިޔާނާތަކީ ބޮޑަތި ސިންގާ ލާދީނީ އަމަލުތައް ކަމަށެވެ.
ޕީއެންސީގެ މަޖްލިސް މެމްބަރުން މިއަދު ވާދަވެރިންނަށް ނިސްބަތްކޮށް ލާދީނީ ޓެގް އަޅުވަން މަސައްކަތް ކުރުމަކީ https://twitter.com/MMuizzu?ref_src=twsrc%5Etfw">@MMuizzu އާ ޕީއެންސީގެ މެމްބަރުންނާ މެދު އާއްމު ރައްޔިތުންގެ ކަންބޮޑުވުން އޮތް އެތައްކަމެއް ފޮރުވަން ކުރާ މަސައްކަތެއްގެ ގޮތުގައި ފެނޭ.
— Mohamed Jameel Ahmed (@MJameelAhmed) https://twitter.com/MJameelAhmed/status/2021975410796318814?ref_src=twsrc%5Etfw">February 12, 2026
ސަމޯއާ އެއްބަސްވުން އެކަނިވެސް PNC… https://t.co/2HycOeqgP8">pic.twitter.com/2HycOeqgP8
މީގެ އިތުރުން ދައުލަތުގެ މަގާމުތަކަށް ޖާހިލުންނާ ނުކިޔަވާތިބޭ މީހުން އިސްކުރުމަކީވެސް ދީނުގައި ނެތް، ލާދީނީ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައެވެ.









